ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ޖުމްހޫރީ މައިދާނުން ދުރުކޮށް، ފުލުހުންގެ ވެހިކަލަކަށް ވަނީ އަރުވައިގެން ގެންގޮސްފައި--ފޮޓޯ: އަދަދު
ހަބަރު
20 Jul 2023 | 20:56
ޖުމްހޫރީ މައިދާނުގައި ތިއްބާ އިދިކޮޅު ލީޑަރުން ހައްޔަރުކޮށްފި

އިދިކޮޅު ކޯލިޝަންގެ ލީޑަރުން ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ފުލުހުން ހައްޔަރުކޮށްފި އެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސްތިއުނާފު މައްސަލަ ދިގުލައިގެންދާތީ އިދިކޮޅުގެ އޮތް ކަންބޮޑުވުންތަކާއެކު އެ ކޯލިޝަންގެ ލީޑަރުން މިއަދު ހައިކޯޓަށް ވަޑައިގަތުމަށްފަހު، އެތަނުން ނިކުމެވަޑައިގެން ވަނީ ޖުމްހޫރީ މައިދާނަށް އެއްވެފަ އެވެ. 

އިދިކޮޅު ލީޑަރުން ޖުމްހޫރީ މައިދާނުގެ ބޮޑު ދިދަ ދަށުގައި އިށީނދެތިއްބަވާ ވަނީ ރައީސް ޔާމިނަށް މި ސަރުކާރުން ކުރަމުންދާ އަނިޔާތަކާއި ގުޅިގެން އެ ލީޑަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަދި އެމަނިކުފާނަށް ކުރަމުންދާ އަނިޔާތަކާއި ދެކޮޅަށް ޝުއޫރުތައް ހިއްސާކޮށްފަ އެވެ. 

އިދިކޮޅު ލީޑަރުން ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ފުލުހުން ވަނީ އެ ސަރަހައްދަށް އައިސް ލީޑަރުން ފަހަތަށް ޖައްސާފައެވެ. އަދި އެވަގުތު އެތަނުގައި ތިއްބެވި އިދިކޮޅު ލީޑަރުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. 

ހައްޔަރު ކުރި ލީޑަރުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރުގެ އިތުރުން، ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވަ އެވެ. 

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގާއި، މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނއިބުރައީސް މުޙައްމަދު ސައީދު ވަނީ ހައްޔަރުކޮށްފަ އެވެ. 

ފުލުހުން އިދިކޮޅު ލީޑަރުން ހައްޔަރުކުރަމުން ދިޔައިރު، އެ މަންޒަރުތައް ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް ވަނީ ހުރަސްއަޅާފަ އެވެ. އަދި ނޫސްވެރިން ފަހަތައް ޖައްސާ، ކޮއްޕާ ހުރަސްއަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި