ސޫޖީ--
ލައިފްސްޓައިލް
21 Jul 2023 | 08:08
މިއޮތީ ފާރޮށި ސޫޖީ ތައްޔާރުކުރާނެ ގޮތް!

ސޫޖީ ގެ ހުރިހާ ވައްތަރަކީ ވެސް ތައްޔާރު ކޮށްލަން ފަސޭހައަށް، އަނގަޔަށް މީރު އެއްޗެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ފާރޮށިން މީރުކޮށް ސޫޖީ ތައްޔާރުކުރާނެ ގޮތެވެ. 

ބޭނުންވާ ތަކެތި 

1/2 ޖޯޑު ފާރޮށި (މުގުރާފައި)

1 ޖޯޑު ކަނަމަދު (ދިގަށްވާގޮތަށް ކޮށާފައި)

1 ފިޔާ (ތުނިތުނިކޮށް ކޮށާފައި)

½ ޖޯޑު ހިކި މޭބިސްކަދުރު

2 ސައިސަމުސާ ގިތެޔޮ (ބަދަލުގައި ވެޖެޓަބަލް އޮއިލްވެސް ބޭނުންކުރެވިދާނެ)

1 ދަޅު ގެރިކިރު

5 ކާފުރުތޮޅި

2 ރާނބާފަތް (1/2 އިންޗި އެތިކޮޅު ކޮޅަށް ކޮށާފައި)

3 އިންޗީގެ ފޮނިތޮށި ކޮޅެއް

5 ޖޯޑު ފެން

1 ސައިސަމުސާ ރޯޒް ވޯޓަރ

ތައްޔާރު ކުރާނެގޮތް 

1) ތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ އެޅުމަށްފަހު އެ ހޫނުވެ ވިރުމުން ފިޔާކޮޅާއި ކާފޫރު ތޮޅިކޮޅު އަޅައި ފިޔާކޮޅު ރަތް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. ކާފޫރު ތޮޅިކޮޅު އަޅާނީ ކޮޅުން ހުޅުވާލާފައެވެ.

2) ދެން ފިޔާކޮޅާއި ކާފޫރު ތޮޅިކޮޅު ތެލިން ނަގައި އެއްޗަކަށް އަޅާފައި ހަމަ އެ ތެއްޔަށް ހިކި މޭބިސްކަދުރު ކޮޅު އަޅާލާފައި މޭބިސްކަދުރު ކޮޅުގެ ފުފެން ފަށަންދެން ކައްކާށެވެ. 

3) އެއަށްފަހު ހިކި މޭބިސްކަދުރު ވެސް ނެގުމަށްފަހު އެ ތެއްޔަށް ½ މޭޒުމަތީ ސަމުސާ ގިތެޔޮ އެޅުމަށްފަހު ކަނަމަދުކޮޅުވެސް އަޅައި ކުލަ ބަދަލުވަންދެން ކައްކާށެވެ.

4) ދެން ކަނަމަދު ކޮޅުވެސް ނަގާފައި، އެ ތެއްޔަށް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ އަޅާފައި އޭގެތެރެއަށް ފާރޮށި ކޮޅު އަޅައިގެން ހަލުވަމުން ކުޑަކޮށް ކައްކާށެވެ. 

5) އެއަށްފަހު އޭގެ ތެރެއަށް ފެނާއި، ފޮނިތޮށްޓާއި ރާނބާފަތާއި، ކުރިން ތައްޔާރުކުރި ފިޔާކޮޅާއި، ކާފޫރު ތޮޅިކޮޅާއި ހިކި މޭބިސްކަދުރުކޮޅާއި ކަނަމަދުކޮޅުވެސް އަޅާލުމަށްފަހު ރަނގަޅަށް އެކުލަވައިލާށެވެ.

6) ދެން މެދު ގިނީގައި ބަހައްޓައިގެން ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކިގަންނަންދެން ކެއްކުމަށްފަހު އޭގެ ތެރެއަށް ގެރި ކިރާއި ރޯޒްވޯޓާ ފޮދު އަޅާލާށެވެ. 

7) ހުރިހާ ތަކެތި ރަނގަޅަށް އެއްކޮށްލާފައި އިތުރު ދެ މިނެޓެއްހާއިރު ތަންކޮޅެއް މަޑު ގިނީގައި ކައްކާލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.