ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމު/ ފޮޓޯ: ދެން
ހަބަރު
22 Jul 2023 | 10:16
ޕީޕީއެމަށް މޮޅު ގޮތް ކިޔައިދޭން ނޫޅުއްވާ، ހެޔޮނުވާނެ! : އިދިކޮޅު

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ރަނގަޅުވާނެ ގޮތާއި މޮޅުވާނެ ގޮތްތަށް ޖުމްހޫރީ ޕާޓީން ކިޔައިދޭން ނޫޅުމަށް އިދިކޮޅުން ބުނެފި އެވެ. 

މި ސަރުކާރު ބަދަލުކުރަން ބޭނުންވާ ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން "ކޮމަން ކެންޑިޑޭޓެއް" ނެރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ކުރީގެ ހެލްތު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ ތަރުޖަމާނު އަބްދުﷲ އަމީނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު ތަރުތީބު ވެފައިވާ ގޮތުން ޕީޕީއެމަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބުގައި ޤާސިމަށް ތާއީދުކުރުން ކަމަށެވެ. 

އަމީނުގެ މި ވާހަކަތަކަށް އިދިކޮޅު ލީޑަރުން ވަނީ ރައްދުދީފަ އެވެ. 

އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީން ޕީޕީއެމަށް ރަނގަޅުގޮތް ކިޔައިދޭން ނޫޅުއްވުމަށް ގޮވާލައްވާފަ އެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށާއި، ހުރިހާ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭނަމަ ޕީޕީއެމުން ތާއީދުކުރާނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ޔާމިނުކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. 

ސާފުކޮށް ޕީޕީއެމުން އެކަން އިއުލާނުކޮށްފައި އޮއްވާ ޕީޕީއެމުން ޤާސިމަށް ތާއީދުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އަމީނު ވިދާޅުވުމުން، އެ ވާހަކައަށް ރައްދުދެއްވާ ޝިޔާމު ވިދާޅުވީ ސަރުކާރު ބަދަލުކުރަން ނިކުމެ ތިބިއިރު ޖުމްހޫރީ ޕާޓީ މިއަދުވެސް އޮތޫ ސަރުކާރު ކޯލިޝަންގެ ތެރޭގައި ކަމަށެވެ. އަދި ޕާޓީގެ ކޮންޓްރޯޅު ވެސް އޮތީ ރައީސް ޞާލިހުގެ އަތްޕުޅުގައި ކަމަށެވެ. 

"ހެޔޮނުވާނެ ޕީ.ޕީ.އެމްގެ އުންމީދު އަމީން އަޅުގަނޑުމެންނަށް ކިޔައިދެއްވަން ނަހައްދަވާ. އަދިވެސް ތިޔަތިއްބެވީ ދިވެހިންގެ ކަނޑުވިއްކާލާ ކޮވިޑުގައި އެތައް ވައްކަމެއްކޮށް ދިވެހި ދައުލަތް ދަރުވާލި މިޣައްދާރު ސަރުކާރާއެކު. މަނިކުފާނުގެ ރިމޯޓުވެސް އޮތީ ސޯލިހު އަތުގައި. މީވަރަށް ވާހަކަ"

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމު

އެހެންކަމުން އެފަދަ ހާލަތެއްގައި ޖުމްހޫރީ ޕާޓީ އޮއްވާ އެ ޕާޓީން، ޕީޕީއެމަށް ހެޔޮގޮތް ކިޔައިދޭން ނޫޅުނިއްޔާ މާ ރަނގަޅުވާނެކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ދާ ދިއުމާއި ގުޅިގެން އިދިކޮޅަށް އަމާޒުވަމުންދާ ސުވާލުތަކަށް އިދިކޮޅު ލީޑަރުން ގެންދަވަނީ ޖަވާބުދެއްވަމުން ނެވެ. 

އެގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިނު ކަމަށާއި، އެމަނިކުފާނުގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.