ޕީޕީއެމުން މާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Jul 2023 | 10:18
އިދިކޮޅުން މިއަދު ޒުވާނުންގެ ސައިކަލު ބުރެއް ބާއްވަނީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (އިދިކޮޅު) ގެ ޒުވާނުން އިސް ނަގައިގެން މިއަދު ފުރަމާލޭގައި ސައިކަލުބުރެއް ބާއްވަން ނިންމައިފި އެވެ. 

މި ސައުކަލު ބުރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދާ ސައިކަލު ބުރެކެވެ. 

"ޔޫތު ރައިޑު" ގެ ނަމުގައި ކުރިއަށް ގެންދާ މި ސައިކަލު ބުރު ފަށާނީ މިއަދު ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ނެވެ. 

އިދިކޮޅުން ވަނީ މި ސައިކަލު ބުރުގައި ދެ ޖިންސުގެ ގިނަ ޒުވާނުން ބައިވެރިވުމަށް ގޮވާލާފަ އެވެ. 

ޔޫތު ރައިޑް ސައިކަލު ބުރުގެ ޕޯސްޓަރު

އިދިކޮޅު ޒުވާނުން އިސް ނަގައިގެން މިއަދު ހަވީރު ސައިކަލު ބުރެއް ބޭއްވުމަށް ނިންމާފައިވާއިރު، "ދިވެހީންގެ ސުލުހަވެރި ހިނގާލުން" ނަމުގައި އިއްޔެ ހިނގާލުމެއް ބާއްވަން އޮތީ ހަމަޖެހިފަ އެވެ. 

އެހެން ނަމަވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ހަރަކާތް ވަނީ ފަހުގެ ތާރީހަކަށް ފަސްކުރެވިފަ އެވެ. 

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދިއުމަކީ އެ ޕާޓީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށް އަންނަނީ ފާހަގަކުރަމުން ނެވެ. 

އެގޮތުން ރައީސް ޔާމިނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ސިޔާސީ ނުފޫޒު ފޯރުވާ ފަނޑިޔާރަށް ރިޝްވަތު ހުށައަޅައިގެން އިއްވި ހުކުމެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

އެމަނިކުފާނުގެ ފަރާތްޕުޅުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވާ ލަސްކުރަމުންދާކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. 

މި ކަންބޮޑުވުންތައް އިދިކޮޅުން ފާހަގަކުރަމުންދާއިރު، އެ ޕާޓީން ބުނަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމިނާއި ނުލާ ސައްހަ ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމިނުގެ ނަންފުޅު އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކޮށްފިނަމަ ސުޕްރިމް ކޯޓަށް ދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.