އިދިކޮޅުން އޭސީސީގެ މެމްބަރުންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Jul 2023 | 21:52
ރައީސް ޞާލިހަށް ނިސްބަތްވާ 34 ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް ހުށައަޅައިފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްވާ ކޮރަޕްޝަންގެ 34 މައްސަލައެއް އިދިކޮޅު ކޯލިޝަނުން އޭސީސީއަށް ހުށައަޅައިފި އެވެ. 

އިދިކޮޅު ކޯލިޝަންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ 2018 އިން ފެށިގެން މިހާތަނަށް ސަރުކާރުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންތަކާއި ގުޅޭ މައްލަތައް އެ ޓީމުން ހޯދާފައިވައިވާނެ ކަމަށެވެ. އަދި އެ މައްސަލަތައް އޭސީސީއަށް ވެސް ހުށައަޅާފައިވާނެ ކަމަށެވެ. 

އޭގެ ތަފްސީލުތައް އެ ޓީމުން ވަނީ މީޑިއާއާއި ހިއްސާކޮށްފަ އެވެ. 

އެގޮތުން އިދިކޮޅުން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރައީސް ޞާލިހާއި ގުޅުންހުރި 34 މައްސަލައެއް އިދިކޮޅުން ވަނީ އޭސީސީއަށް ހުށައަޅާފަ އެވެ. 

އޭގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސްއަށް ނިސްބަތްވާ 10 މައްސަލައަކާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 6 މައްސަލައިގެ އިތުރުން ހެލްތު މިނިސްޓްރީގެ 4 މައްސަލައަކާއި، ސަރުކާރު ފެން ކުންފުނި، ފެނަކަ ކޯރަޕޭޝަނުގެ ކޮރަޕްޝަންގެ 4 މައްސަލައަކާއި، އެސްޓޯއޭގެ 3 މައްސަލައަކާއި، ޕްލޭނިން މިނިސްޓްރީގެ 3 މައްސަލައަކާއި އަދި ރައީސް އޮފީހުގެ 2 މައްސަލައާއި، އާރުޑީސީގެ 2 މައްސަލައެއް އިދިކޮޅުން ވަނީ އޭސީސީއަށް ހުށައަޅާފަ އެވެ. 

އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ސްޓެލްކޯއާއި، މޯލްޑިވްސް ގޭސް އާއި، ޖޭއެސްސީއާއި، ޕަބްލިކް ސާވިސް މީޑިއާ، އެންވަޔަރުމަންޓު މިނިސްޓްރީ، ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ޕީޖީ އޮފީސް، އޭސީސީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޖާބިރު، އެސް.އެމް.އީ ޑިވެލޮޕްމަންޓު ފަންޑު، ފޮރިން މިނިސްޓްރީގެ އިތުރުން ވެމްކޯ އާއި މޯލްޑިވްސް ޕޯޓްސްއަށް ނިސްބަތްވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ވަނީ އޭސީސީއަށް ހުށައަޅާފަ އެވެ. 

އިދިކޮޅުން ހާމަކުރި ގޮތުގައި މިއީ 2018 ވަނަ އަހަރުން 2023 ގެ މިހާތަނަށް އެ ކޯލިޝަނަށް ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތަކެވެ. އަދި އެ ފަރާތުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ 2022 ވަނަ އަހަރުގަ އެވެ. 

އިދިކޮޅުން ބުނީ ސަރުކާރާއި ގުޅުންހުރި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީއަށް ހުށައެޅި ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެ މައްސަލަތައް ބަލަމުން ނުދާކަމަށެވެ. 

އަދި ޕީޕީއެމްގެ ވެރިކަމެއްގައި ސަރުކާރުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.