ރައީސް ޞާލިހާއި ދެކޮޅަށް ހއ ވަށަފަރުގައި މުޒާރަކާ ކުރަނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
22 Jul 2023 | 16:41
ރައީސް ޞާލިހާއި ދެކޮޅަށް މުޒާހަރާކުރުން ހުއްޓުވާތީ، ތުލުސްދޫ ކައުންސިލްގެ އިންޒާރެއް ފުލުހުންނަށް!

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތުލުސްދޫއަށް ވަޑައިގަންނަވާއިރު، ފުލުހުން އެ ރަށުގެ އެއްވެސް ތަނެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެންކަމަށް އެ ކައުންސިލުން ކަނޑައަޅައި އެކަން ފުލުހުންނަށް އަންގައިފި އެވެ. 

މިފަދައިން އެ ކައުންސިލުން ނިންމާފައިވަނީ ތުލުސްދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކުރައްވާ ނެރުއްވާފައިވާ ޤަރާރެއްގަ އެވެ. 

ތުލުސްދޫ ކައުންސިލުން ނެރުނު އެ ގަރާރުގައި ބުނެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ކެމްޕޭނަށް ރަށްތަކަށް ދަތުރުކުރާއިރު، އެ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށެވެ. 

އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ އެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާތީ އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ތުލުސްދޫ ކައުންސިލުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން އެ ކައުންސިލުން ބުނީ ލާމަރުކަޒީ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އެ ރަށެއްގެ އަމަންއަމާންކަން ބެލެހެއްޓުމާއި ރަށުގެ މަސްލަހަތު ހިޔާމަތްކޮށް ރައްކާތެރިކުރުމަކީ ކައުންސިލްތަކުން ކުރުން ލާޒިމުކުރާ ކަމެއްކަމަށް ވާތީ، ގާނޫނުން ލިބޭ ބާރުގެ ދަށުން ރަށުގެ އެއްވެސް ސަރަހައްދެއް ފުލުހުންނަށް ބަންދުކުރެވޭނީ އެ ކައުންސިލުގެ ހުއްދަ ލިބިގެން ކަމަށެވެ. 

އެގޮތުން ތުލުސްދޫގެ އިހްތިޞާސްތެރޭގައި ހިމެނޭ އެއްވެސް ސަރަހައްދެއް ބަންދުކޮށް ފުލުހުންގެ ކޯޑަން ޓޭޕް ދަމާ ރައްޔިތުންނަށް ނުވަދެވޭނެހެން ހެދުމަކީ މިކައުންސިލުން ހުއްދަ ލިބިގެން ނޫނީ ފުލުހުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ތުލުސްދޫ ކައުންސިލުން ނެރުނު ގަރާރުގައި ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން ތުލުސްދޫ ކައުންސިލުން ނެރުނު ގަރާރުގައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ވާދަވެރި އިންތިޚާބަކަށް ފުރުސަތު ފަހިކޮށްދިނުމަށް ވެސް ގޮވާލައިފަ އެވެ. 

ކޮމެންޓް
ކައުންސިލާ
ފުލުހުންނަށް ބަންދުކުރެވޭނެ، ކައުންސިލް ލަލަލާ
23 Jul 2023
ކައުންސިލަރު
ތިކުރީ ވަރަށްބޮޑު ގާނޫނީ ކުށެއް. ތިއީ ހަމަ ފައްކާ ގަމާރު ކައުންސިލަރުންތަކެއް. ދިވެހި ފުލުހުންގެ ގާނުނީ ވާޖިބެއް ނުހުއްޓުވޭނެ. ތިއުޅެނީ ސައިޒު އޮޅިގެން.
25 Jul 2023
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.