އިދިކޮޅުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Jul 2023 | 19:08
ގިނަ އަދަދެއްގެ ޒުވާނުންނާއެކު އިދިކޮޅުގެ ބޮޑު ސައިކަލު ބުރު ބާއްވައިފި

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލާ ޒުވާނުން އިސް ނަގައިގެން މާލޭގައި "ޔޫތު ރައިޑު" ގެ ނަމުގައި ސައިކަލު ބުރެއް ބާއްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ޕީޕީއެމް އޮފީސް ދޮރުމަތިން ފެށުނު މި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން މި ސައިކަލު ބުރުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ. އަދި މިއީ ޒުވާނުން އިސްގަނައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އަދި މި ހަރަކާތަކީ އެމަނިކުފާނުގެ ކެމްޕޭނު ހަރަކާތެއް ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.

މިއީ ރައީސް ޔާމިނަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ޒުވާނުން ދެކޮޅުކަމަށާއި، ޒުވާނުން އެމަނިކުފާނާއެކު ތިބިކަން ސަރުކާރަށް ދެއްކުމަށް ކުރިއަށްގެންދެވުނު ޚާއްސަ ހަރަކާތެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.މީގެ ކުރިންވެސް ޒުވާނުން ވަނީ މިފަދަ ސައިކަލު ބުރުތައް ފުރަމާލޭގައި ބާއްވާފަ އެވެ.

މި ސައިކަލު ބުރަކީ ސުލްހަވެރިކަމާއެކު ކުރިޔަށް ގެންދެވުނު ހަރަކާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ސައިކަލު ބުރަށްފަހު އިދިކޮޅުގެ ލީޑަރޝިޕް އިސްވެ ތިއްބަވާ މަޖީދީ މަގުގައި ވަނީ ހިނގާލުމެއް ވެސް ކުރިޔަށްގެންގޮސްފަ އެވެ.

މި ހިނގާލުމަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. އަދި ވަކި ހިސާބުން ފުލުހުން ވަނީ ހިނގާލުން ރޫޅާލާ، ހިނގާލުމުގެ ތެރެއިން ގިނަ ޒުވާނުން ހައްޔަރުކޮށްފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ސްލޯގަން އަކީ ދިވެހީންގެރާއްޖެ އެވެ. މިހާރު މުޅި ރާއްޖޭގައި ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ފައްޓަވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.