ރައީސް ޔާމީންގެ ޤާނޫނީ ޓީމާއި އެކު/
ހަބަރު
22 Jul 2023 | 22:02
އިންތިޚާބީ ހައްޤު ކަށަވަރުކުރަން ރައީސް ޔާމީނުގެ ފަރާތުން ސުޕްރިމް ކޯޓަށް މައްސަލައެއް!

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިންތިޚާބީ ހައްޤުތައް ކަށަވަކުރުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް މައްސަލައެއް ހުށައަޅައިފި އެވެ. 

ރައީސް ޔާމިނުގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރިމް ކޯޓަށް ހުށައަޅާފައިވާކަން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. 

އެގޮތުން ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފު މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމިނުގެ އެތައް އަސާސީ ހައްޤުތަކާއި، އިންތިޚާބީ ހައްޤުތަކަށް ހުރަސްއެޅިފައިވާތީ އެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ރައީސް ޔާމިނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވާނެ ކަމަށެވެ. 

ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވެފައި، އެމަނިކުފާނަކީ މިވަގުތު ސިޔާސީގޮތުން ސަރުކާރުގެ ވާދަވެރި ކެންޑިޑޭޓަށްވުމުން، ދަށުކޯޓުގައި އޮތް އިސްތިއުނާފުގެ މައްސަލަ ނުނިންމާ ދިގުދަންމާލުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ވެސް ދަނީ ފާހަގަކުރަމުން ނެވެ. 

މިހާރު ދަށު ކޯޓުގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައި އޮތް މައްސަލައަކީ ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ މައްސަލަ އެވެ. 

އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މަޑުޖެހިފައިވަނީ ނުމުމަކާއި ހަމަޔަށް ގޮސްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާ އިސްތިއުނާފީ ނުކުތާތައް ހުށައަޅާ، އެ ނުކުތާތަކަށް ދައުލަތުން ވަނީ ޖަވާބު ވެސް ދީފައެވެ. 

ހައިކޯޓުގައޮ އޮތް މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުން ޗުއްޓީ ނެންގެވުމާއި ގުޅިގެންނެވެ. 

އިންތިޚާބީ ހައްޤުތައް ކަށަވަރުކުރުމަށް ރައީސް ޔާމިނުގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރިމް ކޯޓަށް ހުށައަޅާފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ފޯމު ހުށައެޅުމުގެ މުއްދަތު މާދަމާއިން ފެށިގެން ހުޅުވިގެންދާނެ އެވެ. 

މި އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނަށް ހުށައެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.