އިދިކޮޅުން އިނގިރޭސި ސަފީރާއި ބައްދަލު ކުރެއްވުން--
ހަބަރު
24 Jul 2023 | 10:52
އިންތިހާބާއި ގުޅޭ ކަންބޮޑުވުންތަކާއި އެކު ޕީޕީއެމް އިނގިރޭސި ސަފީރުގެ އަރިހަށް

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް އިދިކޮޅުު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކެރޮން ރޮސްލާއާއި ބައްދަލު ކުރައްވައިފި އެވެ. 

މި ބައްދަލުމާއި ގުޅިގެން ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ އަދުގެ ސިޔާސީ މަޝްރަހުގައި ކަންކަން ހިނގަމުންދާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. 

އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ދެފުށް ފެންނަ، އިންސާފުވެރި އަދި މިނިވަން އިންތިހާބަކަށް ވުމަކީ އެންމެންގެވެސް އެދުމެއްކަން ދެފަރާތުންވެސް ފާހަގަކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. 

މީގެ އިތުރުން، ރާއްޖޭގެ ޝަރުއީ ދާއިރާ އާއި މިނިވަން މުވައްސަސާ ތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ބައްދަލުވުމައި ފާހަގަކުރެއްވި ކަމަށް ސައީދު ވިދާޅުވި އެވެ. 

މިއާއެކު ސައީދުގެ ޓުވިޓުގައި ވަނީ، ރާއްޖޭގެ ސިޔާސީ ނިޒާމް ކިލަނބު ކޮށްލާ އެފަދަ ނުރަނގަޅު ކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ކަން ކަނޑައަޅައި، އެޕާޓީން ވަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ކެންޕެއިން ހަރަކާތްތައް ފަށާފައެވެ. މިއާއިއެކު "ދިވެހިންގެ ރާއްޖެ" އެޕާޓީގެ ސްލޯގަންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އެހެންނަމަވެސް އެމަނިކުފާނު މިވަގުތު ގެންދަވަނީ ވ އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަމުންނެވެ. 

އެ މައްސަލަ މިހާރު އިސްތިއުނާފް ކޮށްފައިވާއިރު ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން މައްސަލަ ކުރިއަށް ނުގެންދެވޭގޮތް ވަނީ ވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.