އިދިކޮޅުން އެމްއެންޕިއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
25 Jul 2023 | 13:01
ކެންޑިޑެސީ ފޯމު ހުށައެޅިޔަސް، ޕާޓީތަކާއެކު މަޝްވަރާކުރުން ހުއްޓައެއް ނުލާނަން: އިދިކޮޅު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ނަމަވެސް، ސަރުކާރު ބަދަލުކުރުމަށް ސިޔާސީ ޕާޓީތަކާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާނުލާނެކަމަށް ޕީޕީއެމުން ބުނެފި އެވެ. 

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން ނަން ހުށައެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، ސަރުކާރު ބަދަލުކުރަން ބޭނުންވާ ސިޔާސީ ޕާޓީތަކުން ދަނީ އެއްބަސް ވެވޭ އެއް ކެންޑިޑޭޓު ނެރުމުގެ މަޝްވަރާތައް ވެސް ކުރަމުން ނެވެ. 

އެގޮތުން ޖުމްހޫރީ ޕާޓީއާއި، ދަ ޑިމޮކްރެޓްސްގެ އިތުރުން އެމްއެންޕީން ވަނީ އެންމެންނަށް އެއްބަސް ވެވޭ އެއް ކެންޑިޑޭޓު ނެރުމަށް އެއްބަސްވެފައެވެ. އަދި އެ މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. 

މިހާލަތުގައި ރައީސް ޔާމިނުގެ ކެންޑިޑެސީފޯމު އިލެކްޝަންސްއަށް ހުށައެޅުމަށްފަހު، އެ ޕާޓީތަކާއެކު އިތުރަށް މަޝްވަރާކުރާނެތޯ ޗެނަލް-13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ރައީސް ޔާމީނުގެ އިންތިޚާބީ އޭޖެންޓު މުޙައްމަދު ތަލާލާއި ވަނީ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ތަލާލު ވިދާޅުވީ ޕީޕީއެމާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ޕާޓީތަކަށް އޮންނާނެ ކަމަށެވެ. އަދި އެ ދޮރު ބަންދު ނުކުރާނެ ކަމަށެވެ. 

އެހެން ނަމަވެސް ޕީޕީއެމާއި އެކު މަސައްކަތް ކުރެވޭނީ، ޕީޕީއެމް ޤަބޫލުކުރާ އުސޫލުތަކެއްގެ ތެރެއިން ކަމަށާއި، އެ އުސޫލުތަކަށް ޕާޓީތަކުން އިޚްތިރާމު ކުރަންވާނެކަމަށް ޠަލާލު ވިދާޅުވި އެވެ. 

"ޕީޕީއެމާއެކު މަސައްކަތް ކުރުމުގެ ދޮރު ބަންދެއް ނުވާނެ. މަޝްވަރާތައްވެސް ކުރާނެ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކެއް ތެރެއިން އެކަން ކުރާނީ"

ޕީޕީއެމްގެ އެސްޖީ ޠަލާލު

ޠަލާލު ވިދާޅުވީ ރައީސް ޔާމީނުގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް އިދިކޮޅުން ވަރަށް ފޯރިއާއެކު ކުރަމުންދާ ގެންދާ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އެ ފޯމު އިލެކްޝަންސްއަށް ވެއްދޭނެކަމުގެ ޔަގީންކަން ވެސް އޮތްކަމަށް ޠަލާލު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.