އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--
ހަބަރު
26 Jul 2023 | 17:31
މޯދީގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

އިންޑިއާގެ އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ހުއްދަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ދީފި އެވެ.

ލޯކް ސަބާއަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 50 މެންބަރުން ތާއީދާއި އެކުގައި އެވެ.

އިދިކޮޅު ގެ ގަރާރަށް ރުހުން ދެއްވަމުން ތިރިގޭގެ ރައީސް އޯމް ބިރްލާ ވިދާޅުވީ ބަހުސް ކޮށް ވޯޓަށް އަހާނެ ދުވަހެއް ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ.

މޯދީގެ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު އިއްތިހާދުން ހުށަހެޅީ އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގައި ހިނގަމުންދާ ނަސްލީ ހަމަނުޖެހުންތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ތަފްސީލުކޮށް ހައްލު ހޯދުމަށް އެގައުމުގެ ސަރުކާރަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެ އިއްތިހާދުން ބުނެއެވެ. 

542 ގޮނޑި ހިމެނޭ މަޖިލީހުގެ ތިރިގޭގައި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް 301 މެމްބަރުންގެ ސާފު އަޣުލަބިއްޔަތެއް އެބަ އޮތެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ ވޯޓު ނެގި ނަމަވެސް އޭގެ ސަބަބުން މޯދީގެ ސަރުކާރަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ނުބެލެވެއެވެ. 

އެހެންކަމުން މިފަދަ މައްސަލައެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުގައި އިދިކޮޅު އިއްތިހާދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބީޖޭޕީގެ ވެރިކަން ކުރާ މަނިޕޫރު ސްޓޭޓްގައި ހިނގި ހަމަނުޖެހުންތަކާ ބެހޭ ގޮތުން ބަހުސެއް ފަށާށެވެ.

"ބޮޑުވަޒީރު އެ ހުރީ މަނިޕޫރުގެ މި މައްސަލައާއި ގުޅިގެން ބަހެއް ބުނަން ތައްޔާރަކަށް ނޫން. އެކަމަކު، އެ މައްސަލާގައި ބަޔާނެއް ހުށަހަޅަން ބޮޑުވަޒީރު ޖެހޭނީ މަޖިލީހަށް އަންނަން. މަނިޕޫރު އެދަނީ އަނދަމުން" އިދިކޮޅު މެންބަރަކު ބުނެފައިވެއެވެ. 

މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މެއި މަހުގެ ކުރީކޮޅު ފެށި ފަހުން މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން މަރުވެ، 60،000 މީހުންގެ ގެދޮރު ގެއްލިފައިވާ މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

3.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ކުޑަ ސްޓޭޓުގައި އުފެދިފައިވާ ނަސްލީ ނުތަނަވަސްކަމަކީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ގައުމީ އިންތިހާބަކާ ކުރިމަތިލާން ޖެހިދާނެ މޯދީގެ ސަރުކާރުން ސަލާމަތީ އަދި ސިޔާސީ ނާކާމިޔާބީއެއްގެ ގޮތުގައި އިދިކޮޅުން ދެކެ އެވެ.

ކޮމެންޓް
ދަވާލާ
މޯދީ ގެ ދުވަސް ދުއްވާ
26 Jul 2023
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ