ޔުކްރެއިން އެމްޕީ އެރިސްޓޯވް
ހަބަރު
27 Jul 2023 | 09:39
ޔުކްރޭންގެ އެމްޕީއަކު ރާއްޖެއަށް ޒިޔާރަތްކުރުމުން ތަހްގީގުކުރަންފަށައިފި

ރަޝިޔާއާއި ޔުކްރޭނާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެތެރޭގައި ސަރުކާރުގެ ވެރިންނާއި ގާނޫން ހަދާ މަޖިލީހުގެ މެންބަރުން ޗުއްޓީ ދަތުރުތަކުގައި ދިޔުން މަނާކޮށްފައިވަނިކޮށް ޔުކްރޭންގެ ގާނޫން ހަދާ މަޖިލީހުގެ މެންބަރަކު ދިވެހި ރާއްޖެއަށް ޗުއްޓީ ދަތުރެއް ކުރުމުން އެމައްސަލަ ބޮޑުވެއްޖެއެވެ. މި ޖުލައިމަހުގެ މެދުތެރޭގައި ދިވެހި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ވަޑައިގަތީ އެގައުމުގެ ރައީސް ޒެލެންސްކީގެ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޔޫރީ އެރިސްޓޯވް އެވެ. އޭނާއަކީ ޔުކްރެއިން ޕާލަމެންޓްގެ ނޭޝަނަލް ސެކިއުރިޓީ، ޑިފެންސް އިންޓެލިޖެންސް ކޮމެޓީގެ ޑެޕިއުޓީ ހެޑެވެ. އޭނާއާއި ޒެލިންސްކީއަކީ އެއް އިރެއްގައި ބިޒްނަސްޕާޓްނަރުންގެ ގޮތުގައި މަސައްކަތްކުރެއްވި ދެބޭފުޅުންނެވެ. އެރިސްޓޯވް ޗުއްޓީ ހޭދަކޮށްލަން އައިސް ހުރީ ރާއްޖޭގެ ފައިވްސްޓަރ ރިސޯޓެއްކަމުގައިވާ އިތާފުށީ ރިސޯޓްގައެވެ. އޭނާއާއި އޭނާގެ އާއިލާ އެރިސޯޓްގައި އެއްހަފްތާގައި ތިބެން ތިން ހާހާއި ފަންސަވީސް ހާސް ޕައުންޑާއި ދެމެދުގެ ހޭދައެއް ކޮށްފައިވެއެވެ. ޔުކްރެއިން އެވްރެޖް މީހެއްގެ މަހު މުސާރައަކީ 300 ވަރަކަށް ޕައުންޑެވެ. އޭނާ ރާއްޖެ އައި މައްސަލަ ޔުކްރޭންގެ ސެކިއުރިޓީ ސާވިސްއިން މިހާރު ތަހްގީގު ކުރަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

ދިވެހި ޜާއްޖެއަކީ ޔުކްރޭނާއި ރަޝީޔާގެ ފަތުރުވެރިންގެ އެންމެ މަގްބޫލް އެއް ޓޫރިސްޓް ޑެސްޓިނޭޝަނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް