ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ޕީއެންސީ
ހަބަރު
27 Jul 2023 | 10:59
ގެއްލިފައި މި އޮތް މިނިވަންކަން ދެން ހޯދޭނީ ރައީސް ޔާމިނު ވެރިކަމަށް ގެނެސްގެން: އަބްދުއްރަހީމް

މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލާފައި ކަމަށާއި، ދެން އަނބުރާ މިނިވަންކަން ހޯދޭނެ ހަމައެކަނި ފޯމިއުލާއަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެނައުންކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމިނު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ބުދަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމްގެ ވާހަކަ ފެއްޓެވީ މިނިވަން ދުވަސް ބައްދަލުކުރި ނަމަވެސް، މިނިވަންކަމުގެ އިހުސާސް ނުކުރެވޭކަން ފާހަގަކުރައްވަމުން ނެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ހަރުމުދާ ވިއްކަމުން ގޮސް ދިވެހިންގެ މިނިވަންކަން ވެސް އިންޑިއާއަށް ވިއްކާލާފައިވާ ކަމަށެވެ. 

އެހެންކަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިއަދު ދިވެހިން މަސައްކަތް ކުރަންވީ ދިވެހިންގެ މިނިވަންކަން އަނބުރާ ހޯދާ، މި ގައުމަކީ ދިވެހިން ބަސް ކިޔާ ގައުމަކަށް ހެދުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ގެއްލިފައިވާ މިނިވަންކަން ހޯދޭނެ ހަމައެކަނި ގޮތަކީ ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުން ކަމަށެވެ.

އެމަނިކުފާނަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ މިނިވަންކަމަށްޓަކައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ލީޑަރު ކަމަށާއި، މިއަދުވެސް ހުރަގޭގައި އެ އޮންނަވަނީ ރައްޔިތުންގެ މިނިވަންކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ މިނިވަންކަން އަނބުރާ ހޯދަން. މި މިނިވަންކަން ހޯދޭނެ ގޮތަކާއި ދޭތެރޭގައި ދިވެހިރައްޔިތުން ވިސްނަންވީ. ދިވެހި ރައްޔިތުން ފިކުރު ކުރަންވީ. އެކަމަށްޓަކައި ދިވެހި ރައްޔިތުން މަސައްކަތް ކުރަންވީ. ދިވެހިރާއްޖޭގައި ގެއްލިފައި މި އޮތް މިނިވަންކަން އަލުން އަނބުރާ ހޯދާ، ދިވެހިންނަށް މިނިވަންކަމުގެ އިހުސާސް ކޮށްދެވޭނެ ހަމައެކަނި ގޮތަކީ މި އަހަރު މި ބޭއްވޭ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުالله ޔާމިނަށް ދިވެހިރާއްޖޭގެ ވެރިކަން ލިބިގެން. އެ ނޫން އެއްވެސް ފޯމިއުލާއެއް ނެތް" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ސްލޯގަން އަކީ "ދިވެހީންގެ ރާއްޖެ" އެވެ. މި ސްލޯގަން އިޚްތިޔާކުރީ ގައުމުގެ މިހާރުގެ ހާލަތަށް ބަލާފައިކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. 

އެގޮތުން އެ ޕާޓީން ބުނީ މިއަދު ދިވެހި ފަސްގަނޑުގައި ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހަދާފައިވާ ކަމަށެވެ. ޕީޕީއެމުން އަނބުރާ ވެރިކަމަށް އަންނަނީ އެކަން ބަދަލުކޮށް، މި ގައުމަކީ ދިވެހިންގެ ތަނަކަށް ހަދާ، ދިވެހިންނަށް ތަރައްގީއާއި ކުރިއެރުން ގެނެސްދިނުމަށްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. 

އަދި އެކަން ކުރެވޭނީ އެ ޕާޓީގެ ކެންޑީޑޭޓު ރައީސް ޔާމިނަށް ކަމަށް ވެސް ޕީޕީއެމުން ދަނީ ތަރުކާރުކޮށް ބުނަމުންނެވެ. 

ކޮމެންޓް
އަލިހޮއްކޮ
މިނިވަންކަން ގެއްލިފައި އޮތީ ޔާމީނުގެ ވެރިކަމުގައެވެ. އަމިއްލަ ބޭބޭފުޅުވެސް އޮތީ ރަމްޟާން މަހުވެސް ޖަލުގައެވެ.
27 Jul 2023
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.