އެސްޓީއޯ ސްމާޓް ސްޓޯރ ހުޅުވުން-- ފޮޓޯ/ އެސްޓީއޯ
ވިޔަފާރި
27 Jul 2023 | 16:03
ދެކުނު އިރުމަތީގެ އެންމެ ބޮޑު ސްމާޓް ސްޓޯރ އެސްޓީއޯ އިން ހުޅުވައިފި

ދެކުނު އިރުމަތީގެ އެންމެ ބޮޑު ސްމާޓް ސްޓޯރ އެސްޓީއޯ އިން މިއަދު ހުޅުމާލޭގައި ހުޅުވައިފިއެވެ. 

ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރި (ކުރިން އެސްޓީއޯ ފިހާރަ) ހިންގި ތަނުގައި ހުންނަށް މި ސްމާޓް ސްޓޯރ އަކީ ކޭޝިއަރެއް އަދި ސޭލްސް މީހެއް ނެތި ވިޔަފާރިކުރެވޭ ފިހާރަ އެކެވެ. 

މި ފިހާރަ ހުޅުވުމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ފިހާރަ ރަސްމީކޮށް ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

އެސްޓީއޯއިން ބުނީ، މި ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނީ މިކަމަށް ޚާއްސަ އެޕްލިކޭޝަނެއް އަޅައިގެންނެވެ. މިއެޕްލިކޭޝަން، އެޕް ސްޓޯރ އާއި ޕްލޭ ސްޓޯރއިން ޑައުންލޯޑްކުރެވޭނެއެވެ. އަދި ފިހާރައިގެ ބޭރު ބިއްލޫރި ގަނޑުގައިވެސް ވަނީ ވިޔަފާރި ކުރެވޭނެ ގޮތް ދިވެހި ބަހާއި އިނގިރޭސިބަހުން އާންމުންނަށް އިނގޭނެ ގޮތައް ކިޔާދީފައެވެ.

އެޕްލިކޭޝަނުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަާކޮށް ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވެގެންދާނެ ކަަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި އެޕަށް ވަދެ އެކައުންޓް ސެޓިން ހެދުމުން 3 ރުފިޔާ ކެނޑޭނެ ކަމަށާ، ނަމަވެސް ފުރަތަމަ ކުރާ ވިޔަފާރިއާއިއެކު މި 3 ރުފިޔާ އަނބުރާ ކަސްޓަމަރުންނަށް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ފިހާރަ އަށް ވަދެވޭނީ ފިހާރަ އަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުންނެވެ. އެ ކޯޑު ސްކޭން ކޮށްލުމާއެކު ފިހާރައިގެ ދޮރު ހުޅުވޭނެ ކަމަށާއި ފިހާރައަށް ވަނުމާއެކު ފިހާރައަށް އެއީ ރެޖިސްޓާޑް ކަސްޓަމަރެއްކަން އެނގޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަދި ފިހާރައިން ނިކުންނައިރު ފައިސާ ދައްކާކަށް ނުވަތަ ޓްރާންސްފަރ ކުރާކަށް ނުޖެހޭނެ ކަމަށާ، ނިކުންނަ އިރު އެމީހަކު ނެގި މުދަލަކަށް އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލަ އިން ފައިސާ ކެނޑޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. 

ފިހާރައަށް ވަދެ ނުކުމެ، މުދާ ގަނުމުގައި ކިއުއާރު ކޮންސެޕްޓްގެ އިތުރުން ފޭޝިއަލް ރިކޮގްނިޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުޞަތުވެސް އެސްޓީއޯ އިން ވަނީ ފަހިކޮށްދީފައެވެ. ފޭޝިއަލް ރިކޮގްނިޝަން ބޭނުންކުރަން ބޭނުންވާ މީހުން ކިއުއާރު ސްކޭންކުރާން ނުޖެހޭ އިރު, ފިހާރައަށް ވަނުމާއެކު ފިހާރައަށް އެއީ ރެޖިސްޓާޑް ކަސްޓަމަރެއްކަން އެނގޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ. 

އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވެއެވެ.

މި ފިހާރައިގެ ސަބަބުން ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްދޭނެ ކަމަށާއި އަދި ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް އެއްކޮށް ނައްތާލާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ފިހާރައިގައި ނިއު އެމާޖިންގ 2 ޓެކްނޮލޮޖީއެއް ވަނީ ބޭނުންކޮށްފައެވެ. އެއީ އާޓިފިޝަލް އިންޓަލިޖެންސްގެ ވިޝަންއާއި، އައިއޯޓީ ބޭނުންކޮށްގެން ފިހާރައިގައި ކޭޝިއަރަކު ނެތި ކަސްޓަމަރު ވަދެ ޓްރާންސެކްޝަން ނިންމާފައި ނިކުމެގެންދާ ޕްރޮސެސްއެވެ.

އެސްޓީއޯއިން ބުނީ ފިހާރައިގައި ހުރިހާ ޕްރޮޑަކްޓެއްގައިވެސް އަގު ފެންނަގޮތައް ޖަހާފައި ހުންނާނެ ކަމަށެވެ. މުދަލެއް ނަގައި އެ ބޭނުންކުރުމަށްފަހު އަލުން ޝެލްފަށް ލައިފިނަމަ އެއަށް ފައިސާ ކަނޑާނެއެވެ. ނަމަވެސް މުދަލެއް ނަގައި އެ މުދާ ފިހާރައިން ނިކުތުމުގެ ކުރިން ބަހައްޓައިފިނަމަ އެއަކަށް ފައިސާއެއް ނުކަނޑާނެއެވެ.

ކޮންޕިއުޓަރ ވިޝަންއިން %99 އެކިއުރޭޓްވީ ނަމަވެސް %1 ޕްރޮޑަކްޓް މިސްރީޑް ވުމުގެ ފުރުޞަތު އޮތުމާއިއެކު އެޙާލަތުގައި އެޕް މެދުވެރިކޮށް ރިފަންޑް ކުރުމުގެ ފުރުޞަތު ނުވަތަ ސަޕޯޓަރ ކޮންޓެކްޓް ކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.