އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް
ހަބަރު
28 Jul 2023 | 18:44
ސިމްކާޑު ލިމިޓް ކުރުން: ސްކޭމް ކޯލް ތަކުގެ މައްސަލަ މަދުވެގެންދާނެ: ނިޔާޒު

މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ގިނަވަމުންދާތީ އެކަން މަދުކުރުމަށް މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ސިމް ކާޑު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލާއި އެކު ސިމް ކާޑު ބޭނުންކޮށްގެން ކުރާ ސައިބާ ކްރައިމްތައް މަދުވެގެންދާނެ ކަމަށް، އުރީދޫގެ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވެއްޖެ އެވެ. 

"މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު" އަށް ގެނެވުނު ބަދަލާއި އެކު ދިވެހި ރައްޔިތެއްނަމަ އެންމެ ގިނަވެގެން ރަޖިސްޓްރީކޮށްގެން ގެންގުޅެވޭނީ ދިހަ ސިމްކާޑެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްނަމަ ނުވަތަ ޓޫރިސްޓެއްނަމަ ރަޖިސްޓްރީ ކުރެވޭނީ ތިން ސިމްކާޑެވެ. އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއްނަމަ، ދިހައެއް ސިމްކާޑު ރަޖިސްޓްރީ ކުރެވޭނެކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

އަލަށް ގެޒެޓްކުރި ގަވާއިދުގައި ވާގޮތުން އަމިއްލަ ފަރުދެއްގެ ވިޔަފާރިތައް ފިޔަވައި ޤާނޫނީ އެހެން ޝަޚުޞުތަކަށާއި ދައުލަތުގެ އިދާރާތަކަށް ނަންބަރު ދޫކުރާއިރު ވަކި މިންގަނޑެއް ކަނޑައަޅާފައެއްނުވެއެވެ. ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް، އެއްވެސް ފަރާތަކަން ނަންބަރު ބޭނުންވާނަމަ، މަޤުބޫލު ސަބަބެއް ބަޔާންކޮށް އެ ފަރާތަކުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއަށް ހުށަހެޅުމުން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމަށް ހުއްދަ ދޭނީ އެ އޮތޯރޮޓީންނެވެ.

ސިމް ކާޑު ވިއްކުމަށް މި ގެނެވުނު ބަދަލާއި ގުޅިގެން، "ވޮއިސް" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ނިޔާޒު ވިދާޅުވީ، އެ ބަދަލަކީ ވަރަށް މުހިންމު، ރަނގަޅު ބަދަލެއް ކަމަށެވެ. އެހެނީ، އާއްމުކޮށް ސައިބާ ކްރައިމްތައް ހިނގަނީ ސިމްކާޑު މެދުވެރިކޮށް ކުރެވޭ ކޯލްތަކުން ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. 

ސައިބާ ކްރައިމްތައް މި ހިނގަނީ ސިމްކާޑެއް މެދުވެރިކޮށް. ސިމް ކާޑު ލިމިޓް ކޮށް އެ މައްސަލަ ރެގިއުލޭޓް ކުރެވިގެން ދިޔައީމަ އެއީވެސް ކޮންޓްރޯލް އަކަށް ވާނެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ގޭގައި މި ހުންނަ ހުރިހާ ޑިވައިސް ތަކުގައިވެސް ކޮންމެސް ގޮތަކުން ކޮންމެސް ކަހަލަ ސިމްކާޑެއްް ބޭނުން ކުރެވިގެން ދާނެ. އެހެންވީމާ މި ކޮންޓްރޯލް މި ހިސާބުން ގެނެވުނީމާ، މި އާއި ގުޅިގެން ވަރަށް ހީވޭ ކްރައިމްތައް މަދުވެގެން ދާނެ ހެން. 

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް

ނިޔާޒު އިތުރަށް ވިދާޅުވީ، މިހާރު 10 އަށްވުރެ ގިނަ ސިމްކާޑު ގެންގުޅޭ ފަރާތްތަކުން އެމީހުން ބޭނުން ކުރަން ބޭނުންވާ 10 ސިމް ކަނޑައެޅުމަށް 6 މަސް ދުވަހުގެ މުއްދަތު ދޭ ކަމަށާ، އެ މުއްދަތު ތެރޭގައި، ދެ ފޭސް އަކަށް ބަހާލައިގެން ބޭނުން ނުކުރާ ސިމްތައް ބޭނުން ނުކުރެވޭ ގޮތް ހެދިގެންދާނެ ކަމަށެވެ. 

އެގޮތުން، ފުރަތަަމަ ފޭސް އަކީ ކަސްޓަމަރުންނަށް އެމީހުން އާއްމުކޮށް ބޭނުން ނުކުރާ ސިމް އުވާލާކަން އެންގުން ކަމަށާ، ދެވަނަ ފޭސްގައި ކަސްޓަމަރުންނާއި ގުޅައިގެން އެ އުވާލާ ސިމް ބަދަލު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދެވޭނެ ކަމަށެވެ. ދެ ފޭސްގައިވެސް ކަސްޓަމަރާއި ނުގުޅިއްޖެ ނަމަ، އެ މީހަކު އާއްމުކޮށް ބޭނުންކުރާ 10 ސިމް ފިޔަވައި އެހެން ހުރިހާ ސިމް އެއް ބްލޮކް ކުރެވޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.