އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
30 Jul 2023 | 12:25
ކެންޑިޑެސީ ފޯމު ލާ މުއްދަތު ހަމަވާއިރުވެސް ހައިކޯޓް މައްސަލަ ނިމޭނެކަމެއް ނޭނގެ: އިދިކޮޅު

ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ލާ މުއްދަތު ހަމަވާއިރުވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނިމޭނެކަމެއް ނޭނގޭ ކަމަށް އިދިކޮޅުުން ބުނެފިއެވެ. 

ރައީސް ޔާމީން މިވަގުތު ހުންނެވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަން ޖަލުގައެވެ. 

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާއިރު، މައްސަލަ ނިމުމަކާއި ގާތްވެފައި ވަނިކޮށް، ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގެންނެވުމުން އެ މައްސަލަ މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

އެކަމާއި ގުޅިގެން މައްސަލަ އަވަސް ކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރޝިޕުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ. އެހެންނަމަވެސް، މިއަދުވެސް މައްސަލައިގެ ދެން އަޑުއެހުމެއް އޮންނާނެ އިރެއް ނުވަތަ މައްސަލަ އާއި ގުޅޭ އެއްވެސް އަދާހަމައެއް އެ ކޯޓުގެ ފަރާތުން ލިބިފައި ނުވާ ކަމަށް އިދިކޮޅުު ހިންގެވުމާއި ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ. 

މީގެ އިތުރުން، އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ މުއްދަތު އޮގަސްޓު 7 ވަނަ ދުވަހު ހަމަވާއިރު، އެ ދުވަހާއި ހަމައަށްވެސް ރައީސް ޔާމީން ގެ މައްސަލަ ނިމޭނެކަން މިހާރު ޔަގީން ނުވާކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އަޅުގަނޑަށް ހައިކޯޓުގައި އޮތް މައްސަލަ ނިމޭނެ ކަމެއް ނުނިމޭނެ ކަމެއް ދަންނަވާކަށް ނޭނގެ މިހާރަކު އެއް. އެއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މިހާރު ހުންނެވީ ޗުއްޓީގައި ކަމަށް އަޅުގަނޑު މެންނަށް މައުލޫމާތު ލިބެނީ. 

އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ގެ އިސްތިއުނާފީ މައްސަލަ އަވަހަށް ނިންމުމަކީ ހަމައެކަނި އިދިކޮޅުު ލީޑަރޝިޕް ގެ އެދުމެއް ނޫން ކަމަށެވެ. އެހެނެއް ކަމަކު، އެ މައްސަލަ މަޑުޖެހިފައި އޮތް އޮތުމަކީ ރާއްޖޭގެ އެތައްބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ތިބީ އެ މީހުންގެ ރިޔާސީ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭތީ ކަންބޮޑުވެފައި ކަމަށްވެސް އަދުރޭ ވިދާޅުވިއެެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތަކުގައި އެމަނިކުފާނު މިހާރު ވަނީ ސޮއި ކުރައްވާފައެވެ. އަދި އެ ލިޔެކިޔުންތައް ކަރެކްޝަންސް މެދުވެރިކޮށް އަނބުރާ ޕީޕީއެމް އޮފީހަށް ލިބިފައިވާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް، ޖަލުގައި ހުންނެވުމުން ކެންޕެއިންގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.