ފައްޔާޒު އިސްމާއިލް ފުވައްމުލަކު ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީީ
ހަބަރު
31 Jul 2023 | 10:28
އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅަށް ކެމްޕެއިނެއް ނުކުރެވޭނެ: ފައްޔާޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިނަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ނުކުރެވޭނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެންޕެއިނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން ވަނީ އިހްތިޖާޖު ކޮށް، ރައީސް ޞާލިހު އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. ފުވައްމުލަކުގެ އިތުރުން އެހެން ރަށްރަށަށްވެސް ރައީސް ޞާލިހު ވަޑައިގަތުމުން އިދިކޮޅުން އިހްތިޖާޖު ކޮށް އިސްތިއުފާ އަށް ގޮވާފައި ވެއެވެ. 

އެކަމާއި ގުޅިގެން ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް މިހާރު 40 ދުވަހަށް ވެފައިވާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތަކަށް ނަސޭހަތެއް ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ، ފައްޔާޒު ވަނީ، އިދިކޮޅުުން ރިޔާސީ ކެންޑިޑޭޓެއް ދެއްކުމަށްފަހު ކެންޕެއިނާއިގެން ކުރިއަށް ދިޔުމަށް އެދިވަޑައިގެންފައެވެ. 

ހަގީގަތަކީ ރައީސް ޞާލިހާއި ޗެލެންޖުކޮށްލަން ނުކެރިގެން، ކެންޑިޑޭޓެއް ދައްކަން ނުކެރިގެން، ދައްކާހާ، ބޭކާރު މަންޒަރުތަކެއް މި ދައްކަވަނީ. ތިހެން ނަހައްދަވާ. އެއްވެސް ބިރުވެރިކަމެއް މިގައުމަކު މިއަދަކު ނެތް. އަޅުގަނޑުމެން 2018 ގައި، އެބޭފުޅުން ގެ ވެރިކަމުގައި އިންތިހާބު ކުރަންޖެހުނީ ނުހަނު ބިރުވެރިކަމާ. ވާނެ ގޮތެއް ނޭނގި ކޮންމެ ދުވަހަކު މަގު މައްޗަށް ނުކުންނަނީ. މިއަދު އެ ބޭފުޅުން (ޕީޕީއެމް/ޕީއެންސީ) އެ ނުކުންނަވަނީ އެއްވެސް ބިރުވެރިކަމެއް ނެތި. 

ފައްޔާޒު އިސްމާއިލް 

މިއާއެކު ފައްޔާޒު ވަނީ އިދިކޮޅުންވެސް އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް ނާޅައި، ކެންޕެއިން ކުރުމަށް ތަކުރާރުކޮށް އެދިލައްވާފައެވެ. އަދި އެމްޑީޕީގެ ކެންޕެއިނަށް ހުރަސްއަޅާނަމަ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިދިކޮޅު ފަރާތްކަށްވެސް ކެމްޕެއިން ނުކުރެއްވޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. 

"ކެމްޕެއިނަށް ހުރަސް ނާޅާ، ކެނޑިޑޭޓެއް ދައްކަވާފައި ދެން ކެމްޕެއިން ކުރައްވާށޭ. ރައީސް (ސާލިހު) އަކީ ވަރަށް ހިތްތިރި ބޭފުޅެއް. އަޅުގަނޑުމެންނަކީ އެހާ ހިތްތިރި ބައެއް ނޫން. އަޅުގަނޑު މެންގެ ކެމްޕެއިނަށް ތާ އަބަދު އެގޮތަށް ހުރަސް އަޅަންޏާމުން ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި، އެބޭފުޅުންނަށް (އިދިކޮޅަށް) ކެމްޕެއިނެއް ނުކުރެވޭނެ. އެހެންވީމާ އެކަން ހުއްޓާލަން މިހާރުން މިހާރަށް އެބޭފުޅުންނަށް މި ދަންނަވާލަނީ. ކެންޕެއިން ކުރައްވާށޭ. އަޅުގަނޑު މެންގެ ކެމްޕެއިނަށް ހުރަސް ނާޅުއްވާށޭ. 

ފައްޔާޒު އިސްމާއިލް 

ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީ ގެ އަޒުމެއް ނުގުޑާނެ ކަމަށެވެ. އަދި އެ "އޮޑިއެއް ނުފެތޭނެ" ކަމަށާ، އެ ޕާޓީ ރޫޅާވެސް ނުލެވޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.