ކޯޓަށް ހާޒިރުކުރުމަށް ފަހު ރައީސް ޔާމީން ޖަލަށް ގެންދަވަން ލޯންޗަށް އަރުވަނީ-- ފޮޓޯ/ އަދަދު
ހަބަރު
31 Jul 2023 | 13:55
ރައީސް ޔާމީނަށް މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަނެވޭތީ ހިތާމަކުރަން: ޕީޕީއެމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހުމުން މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ. 

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ތަޢުޒިޔާ ދަންނަވައި, ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމަނިކުފާނުގެ މަންމާފުޅު ފާޠިމަތު ޙަސަން އަވަހާރަވި ޚަބަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތަމާއާއި އަސަރާއެކު ކަމަށެވެ. މިއާއެކު މާތްالله މަރްހޫމާގެ ފުރާނަފުޅަށް ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއް ވުމަށްއެދި ވަނީ  ދުޢާކޮށްފައެވެ. 

"ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ޙައްޤު ނޫން ޙުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެކެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. 

ޕީޕީއެމުން ބުނީ، ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެ ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، އެމަނިކުފާނާއި، އެމަނިކުފާނުގެ ޢާއިލާއަށް، ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

"އަދި މާތް الله އެމަރްޙޫމާގެ ޢާއިލާއަށާއި ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައި ވެއެވެ. 

ރައީސް ޔާމީން ގެ މަންމާފުޅު ފާތުމަތު ހަސަން ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު، މިއަދުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައި ވަނީ އަވަހާރަވެ ވެފައެވެ. 

އެއާއެކު ގިނަ ބައެއް އަންނަނީ ރައީސް ޔާމީން އަށާއި ޢާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ކޮމެންޓް
ބިރުބޮޑު
ކަމާއި ބެހޭފަރާތް ތަކުގައި ބުނީމަނު އެނގޭނީ ޖަނާޒާގައި ބައިވެރި ނުވެވޭކަން
31 Jul 2023
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.