އެމްޑީޕީ އާއި ޕީިޕީއެމްގެ މަގުމަތީ ހަރަކާތެއް ކުރިއަށްދަނީ.
ހަބަރު
31 Jul 2023 | 19:10
ރާއްޖޭގެ މަސްރަޙު ދައްކާގޮތުން، އިންތިހާބުގައި ވާދަކުރާނީ ޕީޕީއެމްއާއި އެމްޑީޕީ: ރައީސް ޞާލިޙް

ރާއްޖޭގެ ސިޔާސީ މަސްރަޙް ދައްކާގޮތުން، ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ޕީޕީއެމާއި އެމްޑީޕީ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމަށް ށ އަތޮޅަށް ރައީސް ޞާލިހާއި އެމަނިކުފާނުގެ ޓީމުން ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫ ގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު ވަރަށް ވިސްނަން ޖެހޭކަމަށެވެ. ވާދަވެރިންނަކީ ކޮބައިތޯ ވިސްނަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބައެއް ޕާޓީތަކުން އެބަކުރިމަތިލައްވާ، ތިން ހަތަރު ބޭފުޅެއްގެ ނަން އެބަ އިވޭ، އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތްގޮތުން ހަމަ ވާދަކުރާނީ އެމްޑީޕީއާއި ޕީޕީއެމް، އެނޫން ބަޔަކަށް އެބުނާވަރުގެ ތާއީދެއް އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ، އެހެންވީމަ ތިބޭފުޅުން ނިންމަވަންވީ 2018ގެ ކުރިން އަޅުގަނޑުމެން އޮތް ޙާލަތައް އެނބުރި ދާނީތޯ، ނޫނިއްޔާ ފެށިފައި މިއޮތް ތަރައްޤީގެ މަޝްރޫޢުތަކާއި އެކު މިރަށްވެސް ހިމެނޭގޮތައް މިއަތޮޅުވެސް ހިމެނޭގޮތައް ކުރިއަށްދާނީތޯ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައްޔިތުން ދަތި ޙާލަތާއި އެކު ދަތިކަން ތަހައްމަލުކުރި 5 އަހަރެއް ތަޖުރިބާ ކޮށްފިކަމަށާއި އެޙާލަތު ހަނދާނުގައި ބެހެއްޓުމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން 9 ސެޕްޓެމްބަރ ގައި ނިންމަވާ ނިންމުމަކީ ޤައުމުގެ މުސްތަޤްބަލަށް ވަރަށް ބޮޑަށް  ނިންމެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

 "ތަރައްޤީއާއި އެކު ކުރިއަށް ދާނީތޯ؟ ނުވަތަ އަލުން އަނބުރާ އެއަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް އެނބުރި ދާނީތޯ؟ އަޅުގަނޑު އެދެނީ ވިސްނާ ވަޑައިގެން، ފުންކޮށް ވިސްނާ ވަޑައިގެން 9 ސެޕްޓެމްބަރ ގައި ތިބޭފުޅުން ވޯޓު ދެއްވުން"

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

 ރައީސް ޞާލިޙް ވިދާޅުވީ ވިސްނުންބަހައްޓަންވީ ތަރައްޤީއާއެކީ މިއަންނަ ބޮޑު ބަދަލާއި އެކީގައި ކުރިއަށް ދިޔުމަށް ކަމަށާއި،  އެއްވެސް ބޭފުޅަކު މީގެން ބާކީވެގެނެއް ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތީ އުފާވެރި އަމާން ރާއްޖެއެއް ކަމަށާއި، އެމްޑީޕީކޯލިޝަނުން އުފާވެރި ރާއްޖެއެއް ހޯދުމަށް ކުރާ މަސައްކަތް 9 ސެޕްޓެމްބަރު ވާ ދުވަހު ބޮޑު އަޣްލަބިއްޔަތަކާއި އެކު اللهގެ ރަޙްމަތުން ކާމިޔާބު ވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.