އުރީދޫ މޯލްޑިވްސް ދިވެހިންގެ ހިނިތުންވުމާ އެކު 18 އަހަރު: އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:އުރީދޫ
ވިޔަފާރި
02 Aug 2023 | 09:04
އުރީދޫގެ 18 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކެއް!

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ވަރަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫ ގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި އިއްޔެ ބޭއްވުނު ހާއްސަ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ދިވެހިންގެ ޚިދުމަތުގައި ކާމިޔާބު 18 އަހަރުގެ މި ދަތުރަކީ ކަސްޓަމަރުންނާއި ޕާޓްނަރުންގެ އިތުބާރާއި ލޯތްބާއެކު ކުރި ދަތުރެއް ކަމަށެވެ. އަދި އެ ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އާ ފުރުޞަތުތަކާ ގުޅުވާލަދީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަން. އަދި މުޖުތަމައުގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން ކުރިއަށް އޮތްތަނުގައިވެސް ދެމި އޮންނާނީ ދިވެހިންނަށް ހިނިތުންވުން ގެނެސްދޭ ކުންފުންޏެއްގެ ގޮތުގައި." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ. 

މި ޕްރެސްގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ، އާއި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި، ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވަނީ އެ ކުންފުނީގެ ސްޓްރެޓެޖިކް އަޕްޑޭޓްތައް ހިއްސާކުރައްވައި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ވަރަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފައެވެ.

ތްރޮޓްލް ނުވާ، އަންލިމިޓެޑް ސުޕަނެޓް ޕްލޭން

އިއްޔެ ތައާރަފް ކުރެވުނު އައު ފައިބަރ ސުޕަރނޭޓް ޕްލޭނަކީ ތްރޮޓްލް ނުވާ އަންލިމިޓެޑް ސުޕަނެޓް ޕްލޭންއެކެވެ. މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާއެކު މެދުނުކެނޑި އިންޓަނެޓް ގެ ހިދުމަތް ލިބޭއިރު މި ޕްލޭނަށް މަހަކު ދައްކަން ޖެހެނީ އެންމެ 599 ރުފިޔާއެވެ. އުރީދޫ ގެ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކުރެވުނު މި އައު ޕްލޭން ފަރުމާކޮށްފައި ވަނީ މެދުކެނޑުމެއްނެތި، އިންޓަނެޓް ބްރައުޒިކޮށް، ސްޓްރީމްކޮށް އަދި ގޭމުކުޅޭ ފަރާތްތަކަށްވެސް އެކަށޭނެހެންނެވެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށް http://ore.do/supernetunlimited ޒިޔާރަތް ކޮށްލައްވާށެވެ.

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް!

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކާލުމުން ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މިފަދަ ފައިދާތަކަކީ ދުނިޔޭގައި ކުރިއަރާފައިވާ ކުންފުނިތަކަށާއި ޕްލޭޓްފޯމް ތަކަށް ބަލާލިކަމުގައި ވިޔަސް އެއްފަހަރާ ދިގު މުއްދަތަކަށް ސަބްސްކްރައިބްކުރާ ނުވަތަ ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްސަ ރޭޓްތަކުގެ އިތުރު ފައިދާ ތައް ލިބޭ އެވެ. ހަމަ އެފަދައިން އުރީދޫ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ 3 މަހަށް، 6 މަހާއި 12 މަހަށް ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް އެއްފަހަރާ ދެއްކުމަށް ޚިޔާރުކުރާ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި އިންޓަނެޓް ގެ ޙިދުމަތް ލިބުމުގެ އިތުރުން ބިލުން ބޮޑު ޑިސްކައުންޓެއް ވެސް ލިބިގެންދެ އެވެ.

އެގޮތުން ލިބޭ ދިސްކައުންޓަށް ބަލާއިރު:

3 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %5 ޑިސްކައުންޓް

6 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %10 ޑިސްކައުންޓް

12 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %15 ޑިސްކައުންޓް

24 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %20 ޑިސްކައުންޓް

މީގެ އިތުރުން މި ޕޭމަންޓް ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާ އާއި އެކު އިންޓަނެޓް ގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް ބަލާލެއްވުމަށް http://ore.do/payless ޒިޔާރާތްކޮށްލައްވާށެވެ. 

މުޅި މަހަށް 1ޓީބީ ޑޭޓާ، 100އެމްބީޕީއެސް ސްޕީޑާއެކު 5ޖީ އެއަރފައިބަރ ގެ އައު ޕްލޭނެއް!

5ޖީ އެއާފައިބާ މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ މި ޕްލޭނަކި ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދެއެވެ. އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެ އެވެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށް http://ore.do/5gamers ޒިޔާރަތްކޮށްލައްވާށެވެ.

އުރީދޫ ނޭޝަން ގޭމްސް ކްލަބް

ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމަޢު ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އުރީދޫ ނޭޝަން އުރީދޫ ނޭޝަން ކްލަބް ތަޢާރަފްކޮށްފައިވާއިރު، އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭމްސް ކަލަބްގައި،ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާއެކު 100 އަށްވުރެ ގިނަ ގޭމުތައްމި ޕްލެޓްފޯމުގައި ހިމެނެއެވެ. ވަރަށް ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭ އިރު ކަސްޓަމަރުންނަށް ޑެއިލީ، ވީކްލީ އަދި މަންތްލީ މި ޕްލޭންތައް ނެންގެވޭނެއެވެ.

ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް 2 ރުފިޔާ

ވީކްލީ ސަބްސްކްރިޕްޝަނަށް: 7 ދުވަހަށް 10 ރުފިޔާ 

މަންތްލީ ސަބްސްކްރިޕްޝަނަށ: 30 ދުވަހަށް 20 ރުފިޔާ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭއިރު، ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށްވެސް އެއްކޮށްލެވޭނެއެވެ. މި ޕެލެޓްފޯމަށް ސަބްސްކްރިބް ކުރާ ފަރާތްތަކަށް އޮޓޯއިން ސަބްސްކްރިޕްޝަން އައު ވާ ގޮތަށްވެސް ހަދާލެވޭނެއެވެ. ސަބްސްކްރައިބްކޮށްލުމަށް http://ore.do/gameclub ޒިޔާރަތްކޮށްލައްވާށެވެ.

އުރީދޫ މޯލްޑިވްސްއިން ދިވެހި ރައްޔިތުންނަށް ދޭ އަހައްމިއްޔަތުކަމުގެ ޔަޤީންކަން އަރުވައި، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، އާ ފުރުޞަތުތަކަކަށް މީހުން ގުޅުވައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް ހިނިތުންވުން ގެނެސްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން އުރީދޫ މޯލްޑިވްސް އިން އަރުވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ