ރައީސް ޔާމީން ގެ ކެންޑިޑެސީ ފޯމު ހުށަހެޅުން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
02 Aug 2023 | 09:59
ރައީސް ޔާމީންގެ ކެންޑިޑެސީ ގަބޫލި ނުކުރި ލިޔުން ބަދަލު ކޮށްފަ އީސީން ފަހުން ގުޅި: ޕީޕީއެމް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ގަބޫލި ނުކުރި ލިޔުން ބަދަލު ކުރުމަށްފަހު އެ ލިޔުމާއި ހަވާލުވާން އައުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭގެ ވަގުތެއްގައި ގުޅާފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ. 

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާއިރު، އީސީން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމައި ޕީޕީއެމަށް ލިޔުން ފޮނުވާފައެވެ.  

"ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެކު، އެ ހުކުމް، ތަންފީޒުކޮށް ނިމިފައި ނުވާ ކަން، ލިބިފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު އަބްދުالله ޔާމިން އަބްދުލްގައްޔޫމް ކިބައިގައި ފުރިހަމަ ނުވުން" ރައީސް ޔާމީން ގެ ކެންޑިޑެސީ ގަބޫލު ނުކުރި ސަބަބު ހާމަކޮށް އީސީން ބުނެފައިވެއެވެ.

އީސީގެ މި ނިންމުން ބަލައި ނުގަންނަ ކަމަށް ބުނެ، މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ޕީޕީއެމުން ތައްޔާރު ވަމުން ދަނިކޮށް، އެ ކޮމިޝަންގެ ލިޔުން ބަދަލު ކުރުމަށްފަހު، ލިޔުމާއި ހަވާލުވާން އައުމަށް އެދިފައިވާ ކަމަށް ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ޠޮލާލް ރޭ ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑު ދެންނެވިން ކެންޑިޑެސީ ގަބޫލު ނުކުރާކަން ބަޔާންކޮށް ފޮނުވި ލިޔުން އޮތީ ލިބިފައޭ. އިތުރު ލިޔުމެއް ފޮނުވަން ޖެހޭ ކަމަށް ގަބޫލެއް ނުކުރާ ކަމަށް. އަދި އިތުރު ލިޔުމަކާއި ހަވާލު ނުވާނެ ކަމަށްވެސް ދެންނެވިން." ޠޮލާލް ވިދާޅުވި އެވެ. 

މީގެ އިތުރުން ކެންޑިޑެސީ ބަލައި ނުގަތް މައްސަލާގައި ދެން އީސީއާއި މުޢާމަލާތް ކުރާނީ ސްޕްރީމް ކޯޓުގައި ކަމަށްވެސް އެ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ޠޮލާލް ވިދާޅުވި އެވެ. 

ކޮމެންޓް
ކިޔުންތހެރިޔާ
އީސީގެ ނިންމުން ބަދަލު ކުރަން އެމީހުން ތައްޔާރަށް ތިބި އިރު ކީކުރަން ކޯޓަށް ދާކަށް. ދައްކާ ބުހުތާނު ދޮގު ވާހަކަ. ސުޕުރީމް ކޯޓުގެ ނިންމުން ބަދަލު ކުރަން އަނެއްކާ ތޮލާލަށް މިއަދު އެކޯޓުން ނުގުޅާނެބާ؟؟
04 Aug 2023
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.