2020 -2021 ވަނަ އަހަރުގެ ހަޔަރ އެޗީވަރސް އެވޯޑު ހާސިލްކުރި ދަރިވަރަކަށް ރައީސް އެވޯޑު ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Aug 2023 | 13:51
ސްޓޫޑެންޓް ލޯން ލިބުނު ދަރިވަރުންނަށް ސްޕޮންސަރ ލެޓަރ ދޫކުރަން ފަށައިފި

މި އަހަރުގެ ސްޓޫޑެންޓް ލޯން ލިބުނު ދަރިވަރުންނަށް ސްޕޮންސަރ ލެޓަރ މިހާރު ދޫކުރަމުންދާ ކަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. 

މިކަން ހާމަކޮށް އެ މިނިސްޓަރ މިއަދު ބުނެފައިވަނީ، ސްޓޫޑެންޓް ލޯނު ދިނުމުގެ މަސައްކަތް ހަލުވި ދުވެލީގައި މިހާރު ކުރިއަށް ދާކަމަށާއި، ލޯނު ލިބޭ ދަރުވަރުންނަށް ދޫކުރެވޭ ސްޕޮންސަރ ލެޓަރއިން އެ ދަރިވަރަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޫޑެންޓް ލޯނު ލިބިފައިވާ ދަރިވަރެއްކަން އެނގިގެންދާނެކަމަށެވެ. 

އަދި މީގެ އިތުރުންވެސް ސްޕޮންސަރ ލެޓަރ ލިބޭ ދަރުވަރުންނަށް ލޯނުގެ ފައިސާ ވީހާވެސް އަވަހަށް ހަމަ ޖެހިގެންދާނެ ކަމުގައި ހަޔަރ އެޑއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ލޯނު ލިބުނުކަމުގެ ލިޔުމާއެކު ކޮންމެ ދަރިވަރަކަށްވެސް ލޯނުގެ ފައިސާ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލު ލިޔުމެއް މެއިލް ކުރެވިފައިވާނެ ކަމަށާއި، އެ ލިޔުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް މިނިސްޓަރ އިބްރާހިމް ހަސަން ވަނީ އެދިލައްވައިފައެވެ.

"މިސާލަކަށް އަލަށް ސްޓޫޑެންޓް ލޯނު ލިބުނު ދަރުވަރުންނަށް ފައިސާ ހަމަޖެހުމުގެ ކުރިން އެ ދަރުވަރަކު އަމިއްލައަށް ވިސާ ފީ ދެއްކިކަމުގައިވިޔަސް ވިސާއަށް ދެއްކި ފައިސާ ސްޓޫޑަންޓް ލޯނުން ކަވަރ ކުރާނެ" 

މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވިއެވެ. 

މިއަހަރުގެ ލޯނު ލިބުނު ދަރިވަރުންނަށް އަހަރުގެ ފުރަތަމަ ސެމިސްޓަރުގެ ފައިސާވެސް ލޯނުގެ ތެރެއިން ހަމަ ޖެހިގެން ދާއިރު ލޯނު ފައިސާ ލިބުން އަވަސްކުރުމަށްޓަކައި ލޯނު ލިބުނު ކަން އަންގައި ފޮނުވާފައިވާ މެއިލްގައިވާގޮތަށް ލިޔެކިޔުންތައް ހަމަކުރުމަށްފަހު، ([email protected]) އަށް ފޮނުވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ. 

ސްޓޫޑެންޓް ލޯނާއި ގުޅޭގޮތުން ދަރުވަރުންނަށް މައުލޫމާތު ހިއްސާކޮށް ސުވާލުތަކަސް ޖަވާބު ދިނުމުގެ ސެޝަންއެއް 2023 އޯގަސްޓް 3 ވަނަ ދުވަހުގެ ހެނދުނު މިނިސްޓްރީގެ ފޭސްބުކް ފޭޖްމެދުވެރިކޮށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ. 

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން މިއަހަރު ހުޅުވާލި 720 ފުރުސަތަށް އެދި 1507 ފަރާތަކުންވަނީ ކުރިމަތިފައިފައެވެ. އެހެންވުމާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ ނިންމެވުމުގެ މަތިން މި އަހަރުގެ ލޯނަށް ޝަރުތު ހަމަވާ 1275 ފަރާތަކަށް ސްޓޫޑެންޓް ލޯނު ދިނުމަށްވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.