ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ހަބަރު
02 Aug 2023 | 19:59
އެންމެ ލަސްވެގެން ހުކުރު ދުވަހު ކެނޑިޑޭސީ ހުށަހަޅާނަން: ރައީސް ސޯލިހު

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އެމަނިކުފާނުންގެ ކެނޑިޑެސީ އެންމެ ލަސްވެގެން ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމުގައްޔާއި އަދި ރަނިންމޭޓެއްގެ ގޮތުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޭފުޅަކު ކަނޑައަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނުން މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހއ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީޑިޔާތަކާއި މުޚާތަބުކުރައްވައި ދެއްވި އިންޓަވިއުއެއްގައެވެ. 

އެގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ސަރަހައްދުން ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމުގެ ސާފު މަންޒަރު މި ދަތުރުފުޅުގައި ފެނިވަޑައިގެންފައިވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ރައީސް ވިދަޅުވީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި ރަނިންގ މޭޓެއް އިއުާނުކުރައްވާނެ ކަމުގައްޔާއި އެމަނިކުފާނުގެ އަތްޕުޅުގައި މިހާރުވެސް ބައެއް ބޭބޭފުޅުންގެ ނަންތައް އެބަ ހުރި ކަމުގައެވެ. 

ހަމަ އެޔާއެކު އެ ފުރުސަތު މިހާރުގެ ނައިބުރައީސް ފައިސަލް ނަސީމްއަށް ވެސް ލިބުމުގެ ފުރުސަތު އެބަ އޮތްކަމުގައި މީޑިޔާއަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައި ރައީސް ވިދާޅުވިއެވެ. 

ރައީސް މީގެ އިތުރުންވެސް ވިދާޅުވީ ޕީޕީއެމްއިން އިންތިހާބުގައި ވާދަކުރެއްވި ކަމުގައިވިޔަސް އެއީ އެމަނިކުފާނަށް އޮތް މާބޮޑު ގޮން ޖެހުމެއް ކަމުގައި ދެކިނުލައްވާކަމަށާއި، ލަސްނުކޮށް ޝަރުތު ހަމަވާ ކެނޑިޑޭޓަކާއެކު ކެމްޕެއިން ފެށުމަށް ރައީސްވަނީ ޕީޕީއެމްއަށް ގޮވާލައްވައިފައެވެ. 

އަދި އެޔާއެކު މި އިންތިހާބަށް ޝަރުތު ހަމަވާ ވީހާވެސް ގިނަ ފަރާތްތަކުން އިންތިހާބުގައި ވާދަ ކުރެއްވުމަކީ އެމަނިކުފާނުންވެސް އެދިލައްވާގޮތްކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. 

މިއަހަރުގެ ރިޔާސި އިންތިހާބުގައި ވާދަކުރައްވާނެކަން ގިނަ ޕާޓީތަކުން އިއުލާނުކޮށްފައިވީކަމުގައި ވިޔަސް އަދިވެސް އެމްޑީޕީއާއި ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށާއި، އެންމެ ފަހުގެ ނިންމުން ބުރާސްފަތި / ހުކުރު ދުވަހު ނިންމުމާއި ހަމައަށް އެ ޕާޓީއާއި ކޯލިޝަން ހެދުމުގެ ފުރުސަތު ހުޅިވާލެވިފައިވާނެކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. 

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެނޑިޑެސީ ހުށަހެޅުމުގެ ވަގުތު މި މަހުގެ ހަތް ވަނަ ދުވަހަށް ހަމަވާއިރު، އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ބޭފުޅުންގެ ތެރެއިން މިހާތަނަށް ކެނޑިޑެސީ ހުށަހަޅާފައިވަނީ މަދު ޕާޓީއަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.