ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީ
ހަބަރު
03 Aug 2023 | 10:50
ކޮންމެ ކެންޑިޑޭޓެއް ނެރުނަސް ޕީޕީއެމުން ތަންފީޒް ކުރާނެ ސިޔާސަތު ވަރަށް ސާފު: ރައީސް ޞާލިހު

އިދިކޮޅު އެންމެ ބޮޑު ޕާޓީ, ޕީޕީއެމް އިން ރިޔާސީ އިންތިޚާބަށް ކޮންމެ ކެންޑިޑޭޓެއް ނެރުނަސް އެ ކެންޑިޑޭޓެއް ތަންފީޒް ކުރާނީ ޕީޕީއެމްގެ ސިޔާސަތު ކަމަށާ، އެ ސިޔާސަތު އެމަނިކުފާނަށާއި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، އިގްތިސާދީ ކުރިއެރުންތައް ގެނެވޭނީ މުޖުތަމަޢުގެ މެދުގައި ހަމަޖެހުން އޮވެގެން ކަމަށެވެ. 

"އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާނެ ސިޔާސީ ހަމަޖެހުން ނެތިއެއް. އެންމެ ފުރަތަމަ ކުރަންވީ ހަމަކީ އެއީ. ހަލަބޮލި ކަމާއި, ސިޔާސީ ދެކޮޅުވެރިކަމުން ދުރަށް ދިއުން. މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން އައީ މިގޮތަށް. އެހެންވެ މިއަދު ރާއްޖޭގެ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ބާރަށް ކުރިޔަށް އެދަނީ."

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ސަރުކާރު ތަކުގައި ހުރި ތަފާތު ދެނެގަނެ އަޅާކިޔާލަންޖެހޭ ކަމަށެވެ. އެގޮތުން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތް ވަރަށް ސާފު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހދ އަތޮޅުގައި އެ ސަރުކާރަށް ހިންގުނީ 79 ޕްރޮޖެކްޓް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އެ އަތޮޅުގައި 230 ޕްރޮޖެކްޓް ހިންގަމުންދާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. 

މިއާއެކު ރައީސް ވަނީ ތަރައްގީ ގެނައުމަށް ސިޔާސީ ހަމަޖެހުން މުހިންމުކަން ތަކުރާރުކޮށް ވިދާޅުވެ, މި ސަރުކާރަށް ދެވަނަ ދައުރެއް ބޭނުން ވަނީވެސް އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހު ވިދާޅުވީ މީގެ ކުރީ ސަރުކާރާއި މިސަރުކާރު މިހާރު ޓެސްޓު ކުރެވިފައި ވާ ކަމަށާ، ޕީޕީއެމުން ކޮންމެ ކެންޑިޑޭޓަކު ނެރުނު ނަމަވެސް ތަންފީޒް ކުރާނެ ސިޔާސަތު "އަޅުގަނޑުމެންނަށް ވަރަށް ސާފު" ކަމަށެވެ. 

"ޕީޕީއެމް އިން ކޮންމެ މީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތް ނަމަވެސް ތަންފީޒް ކުރާނީ ޕީޕީއެމްގެ ސިޔާސަތު. އެ ސިޔާސަތު އަޅުގަނޑުމެންނަށް ވަރަށް ސާފު. އެއްވެސް ކަމެއް ސަރުކާރަކަށް އެ ދުވަހަކު ނުކުރެވޭ ހިޔާލު ތަފާތުވާ މީހަކު ޖަލުގައި ބައިންދައިން ނޫނީއްޔާ. ބިރުވެރިކަމެއްގައި ރައްޔިތުން ތިބެން ޖެހުނީ. އަނގައިން ބުނާ ކޮންމެ މީހަކު، ކޮންމެ ނޫސްވެރިއަކު، ކޮންމެ ޓީވީ ޗެނަލެއް ޖޫރިމަނާ ކުރަމުން ދިޔައީ،"

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ އެހެން ބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ ދެން ވާނެ ގޮތެއް ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ފެށިފައި ހުރި ހުރިހާ މަޝްރޫއެއް ހުއްޓުމަކަށް އަންނާނެ ކަމަށާ، ޕީޕީއެމްގެ ސިޔާސަތަކީ މީހުންނާއި، ބާރުތައް އެއްތަނަކަށް ޖަމާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިހާރު ޓެސްޓުކޮށް ނިންމާފައި އޮތް ސަރުކާރަށް ވޯޓު ދިނުމަށް ރައީސް ޞާލިހު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.