ޕީއެންސީގެ ރައީސް އަބްދު ރަހީމް އަބްދުﷲ
ހަބަރު
03 Aug 2023 | 11:50
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީއެންސީން ވާދަކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން މިއަދު ފާސްކުރުމާއެކު، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރުމަށް އެ ޕާޓީގެ 3/2023 މަޝްވަރާ މަޖިލީހުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަގްލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފައެވެ. 

ވުމާއެކު އެ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލާ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،  ރިޔާސީ ޓިކެޓަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެ ޕާޓީގެ ރައީސްއަށް އެޑްރެސްކޮށް ޝައުގުވެރިކަން ފާޅުކުރައްވައި ލިޔުމެއް، މިއަދުގެ 14:00 ގެ ކުރިން ފޮނުވުމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކުގެ ތެރެއިން އެ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާނެ ފަރާތެއް ކަނޑައަޅާނީ މިއަދު ހަވީރު 16:00 ގައި ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުންކަމުގައެވެ. 

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި ކުރީގެ ރައީސް ޔާމީން ގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެ ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ބަލައިނުގަތުމަށް ނިންމައިފައެވެ. 

އެއާއެކު އެ މައްސަލަ ކޯލޝަނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައި، މި މައްސަލައިގައި ޖަވާބުދާރީވުމަށް ސުޕްރީމްކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް އަންގައިފައެވެ. 

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންސްގެ ނައިބްރައީސް އިސްމާއިލް ހަބީބް ވަނީ އެ ކޮމިޝަނުގެ ފަރާތުން މިއަދު 15:00 ކުރިން ސުޕްރީމް ކޯޓަށް ޖަވާބުދާރީ ވާނެކަމުގައި ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.