އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު
ހަބަރު
03 Aug 2023 | 13:31
މި ސަރުކާރަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ މީހަކު ކިނބިދޫގައެއް ނެތް: އަމްރު

މި ސަރުކާރަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ މީހަކު ކިނބިދޫގައި ނެތް ކަމުގައި އެސްޓީއޯގެ އެމްޑީކަން ކުރިން ކުރައްވައިފައިވާ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. 

އަމްރު މިފަދައިން ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލާނެކަމަށް ވިދާޅުވެ ރައީސް ސޯލިހު ވެ ވަޑައިގެން ވައުދަށް މިހާތަަނަށް އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިނުވުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން އަމްރު ވިދާޅުވީ 2018 ގައި ވެރިކަމަށް އަންނަން މި ސަރުކާރުން ވައުދުވީ ވަރަށް ތިލަ، އެއް ފަޅެއްގެ ތެރޭގަ އޮންނަ ކިނބިދޫ އާ ވޭމަންޑޫ ގުޅުވާލަން ކަމަށެވެ.

"5 އަހަރު ވެރިކަމުގަ ހުރެ ނިންމާލާއިރު އެކަން ހަނދާނެއްވެސް ނެތް. ކިނބިދޫގަ މި ސަރުކާރަށް އިތުރު ދައުރެއް ދޭން ބޭނުންވާ މީހަކު ނެތް." އަމްރު ވިދާޅުވި އެވެ. 

އެއް ފަޅެއްގެ ތެރޭގައި އޮންނަ ތ އަތޮޅު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމަކީ ރައީސް ސޯލިހުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެކެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރު އެ ރަށަށް ވަޑައިގެން އެ ރަށު ކައުންސިލާއި ބައްދަލުކޮށް  ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީތައް ވެސް އޭރު ކުރިއަށް ދާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. 

އެހެންނަމަވެސް މި މަސައްކަތަށް އަމަލީ އެއްވެސް ކުލަވަރެއް ގެނެސް ނުދެވި ދައުރު ނިމުމަކާއި ހަމައަށް އައިސްފައިވާއިރު މިއީ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުމެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ރެޑްބާނަ
މިތަން ގުޅާލުމަކީ ބޭކާރުކަމެއް އިގްތިސާދީއެއްވެސްފައިދާއެއް ނެރެވޭނެކަމެއްވެސްނޫން.ކިނބިދޫގަ ދިރިއުޅެނޫ 800 ވަރަކަށް މީހުން
06 Aug 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.