ރައީސް ޔާމިންގެ ކެނޑިޑެސީ ފޯމް ހުށައެޅުން. ފޮޓޯ: ދެން
ހަބަރު
03 Aug 2023 | 14:10
ޕީޕީއެމް އިން ރައީސް ޔާމިންގެ މައްސަލައަށް ތަދައްޚުލް ވެއްޖެ

ޕީޕީއެމުން ރައީސް ޢަބްދުالله ޔާމިން ޢަބްދުޤައްޔޫމް ސްޕްރީމް ކޯޓަށް ހުށައަޅުއްވައިފައިވާ އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނުގެ ކެނޑިޑެސީ ބަލައިނުގަތް މައްސަލައަށް ތަދައްޚުލް ވެއްޖެ ކަމަށް އެޕާޓީ އިން ހާމަކޮށްފިއެވެ.

ރައީސް ޔާމިންގެ އިންތިޚާބީ އެޖެންޓް އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޠަލާލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމިންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށައަޅުއްވާ އެކޯޓުން ބަލަމުންދާ މައްސަލައަށް، އެމަނުކުފާނަށް ތާއީދު ކުރައްވާ އެންމެހާ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށްޓަކައި ޕީޕީއެމުން ތަދައްޚުލުވެފައިވާ ކަމަށެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަންފުޅު އެކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ އޮގަސްޓު 1ވަނަ ދުވަހުއެވެ. ހަމަ އެދުވަހު އީސީ އިން ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ބަލައި ނުގަންނާނެ ކަމަށް ނިންމައި އެކޯލިޝަނަށް އެކަން އަންގާފައެވެ.

އަދި ކެނޑިޑެސީ ބަލައި ނުގަތް ސަބަބެއް ކަމަށް އީސީ އިން ބުނެފައިވަނީ ރައީސް ޔާމިން ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ދިޔުމެވެ.

އީސީ އިން އެމަނިކުފާނުގެ ކެނޑިޑެސީ ބަލައި ނުގަތުމުން ރައީސް ޔާމިންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުން ވަނީ އެމައްސަލަ ސްޕްރީމް ކޯޓަށް ވައްދައިފައެވެ. އަދި އެކޯޓުން ވަނީ އެކޮމިޝަނަށް އެމައްސަލައަށް ޖަވާބުދާރީ ވުމަށް އަންގައިފައެވެ. ސްޕްރީމް ކޯޓުން ވަނީ މިއަދު 3:00 ގެ ކުރިން އެމައްސަލައަށް ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.

މިމައްސަލައިގެ އަޑު އެހުން މިހާރުވަނީ ހުކުރުދުވަހަށް ތާވަލުކޮށްފައެވެ.

މިމައްސަލައިގެ އަޑު އެހުމާއި މިމައްސަލައިގެ ގޮތް ނިންމުން ވެގެންދާނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށެވެ. މިމައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާ ގޮތަކުން ރާއްޖޭގެ މަސްރަޙް ވަރަށް ބޮޑަށް ހޫނުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް
އަހްމަދު
ހޫނު ވާންޖެހޭ ސަބަބެއްނެތް. ނޫސް ވިކި ހުސްވެފައި
03 Aug 2023
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.