ޑރ މުހައްމަދު މުއިއްޒު އާއި ރައީސް ޔާމީން އަބްދުލްގައްޔޫމް
ހަބަރު
03 Aug 2023 | 15:23
އެދެނީ މިއަދުގެ ނިންމުން ވަގުތީ ނިންމުމަކަށްވެ ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރެއްވުން: ޑރ.މުއިއްޒު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ޝައުވެރިކަން ފާޅުކުރައްވާފައިވީ ނަމަވެސް، އުއްމީދަކީ އެޕާޓީގެ ބަދަލުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އިންތިޚާބުގައި ވާދަކުރެއްވުން ކަމަށް ނާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު ވިދާޅުވެއްޖެއެވެ. 

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި، ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ޝައުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުން، ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ޕީޕީއެމުން ވަކިވެ މުއިއްޒު ވަނީ މިއަދު ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ. އެއަށްފަހު އޭނާ ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައި ޕީއެންސީއަށް ލިޔުން ވެސް ފޮނުވާފައެވެ. 

އެކަމާއި ގުޅިގެން'ވޮއިސް' އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި، ޕީއެންސީގެ ފަރާތުން އެހެން ކެންޑިޑޭޓެއް ނެރުމަށް އެމަނިކުފާނު ލަފާ އަރުއްވާފައިވާ ކަމަށާ، އެހެން ނަމަވެސް، އުއްމީދަކީ ސްޕްރީމްކޯޓަށް މިހާރު ހުށަހަޅާފައިވާ ކެންޑިޑެސީ މައްސަލަ ރައީސް ޔާމީނަށް ކާމިޔާބުވެ، އެމަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުން ކަމަށެވެ. 

"އެހެން ނަމަވެސް، އެކަމުގައި ކާމިޔާބު ނުލިބި، ވަގުތު ހަމަވެއްޖެ ނަމަ، ޕީޕީއެމް/ޕީއެންސީން އެއްވެސް އޮޕްޝަނެއް ކަނޑަނާޅާ އޮވެއްޖެނަމަ، ޕީޕީއެމް/ޕީއެންސީ މަގުމަތިވީ. މި ރާއްޖޭގެ މުސްތަގުބަލް ބަނަވާނެ. އެހެންވީމާ ރައީސް ޔާމީން ނިންމެވީ ބެކްއަޕް ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން މީހަކު ކަނޑައަޅާފައި ބަހަށްޓަން. އެންމެ ފަހު ވަގުތު ރައީސް ޔާމީން އަށް ފުރުސަތު ނުދެއްވައިފި ނަމަ، ކުރިއަށްދާން."

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު 

ބެކްއަޕް ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ރައީސް ޔާމީން ނިންމެވި ނިންމުމަކީ އެމަނިކުފާނު ދިވެހި ގައުމާއިމެދު ވިސްނާ ކަމުގެ ހެއްކެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

އަދި ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓެއް ބެހެއްޓުމަށް ރައީސް ޔާމީން ދެއްވި ފުރުސަތުގެ ބޭނުން ހިފަން ނިންމެވީ، އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށް މަސައްކަތް ތަކެއް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. 

މުޢިއްޒު ވިދާޅުވީ، ރައީސް ޔާމިން އަށް ވާދަ ނުކުރެވި، އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖެހިއްޖެ ހާލަތެއްގައިވެސް، އިސްކުރައްވާނީ ރައީސް ޔާމީންގެ ގައުމީ އަދި ތަރައްގީގެ ފިކުރު ކަމަށެވެ. އަދި އޭނާ އެފަދައިން ކަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީންގެ ހިތުގައި އޮންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ހާލަތަކަށް ހިނގައްޖެ ނަމަ، ރައްޔިތުންގެ ތާއީދުވެސް މުއިއްޒު އަށް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންނަމަވެސް، އުއްމީދަކީ އޭނާ ރީޔާސީ އިންތިހާބުގައި ވާދަނުކޮށް ރައީސް ޔާމީން އަށް ވާދަކުރެއްވުން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. 

އަޅުގަނޑު އުއްމީދު ކުރަނީ، ކުރިއަށް އެބައޮތް ދެތިން ދުވަސް، އޮގަސްޓު 7 އާއި ހަމައަށް، އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ވަގުތީ ކަމަކަށް ވާން. މިއަދު މި ބާއްވާ އިންތިޚާބަށްފަހު ހޮވޭ ފަރާތެއްގެ އެޕްލިކޭޝަންއަކީ އަޅުގަނޑުމެން ފައިލް ކުރަން ނުޖެހޭ އެއްޗަކަށްވެ، ރައީސް ޔާމީން ގެ އެޕްލިކޭޝަން އާ އެކީގައި ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. 

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާ ރިޔާސީ ކެންޑިޑޭޓެއް ގޮތުގައި ކަނޑައެޅިއްޖެ ނަމަ، ރަނިންމޭޓަކަށް ވާނެ ފަރާތެއް އަދި މިހާތަނަށް ޚިޔާރު ކޮށްފައި ނުވާ ކަމަށާ، އެހެން ނަމަވެސް ރައީސް ޔާމީން އިރުޝާދު ދެއްވާފައިވަނީ، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ފަރާތެއް އަމިއްްލައަށް ރަނިންމޭޓަކު ކަނޑައަޅަން ކަމަށެވެ. 

ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުވެރިކަން ފާޅުކުރައްވާފައި ވަނީ މުއިއްޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އެތަނުން އެ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާނެ ފަރާތެއް ކަނޑައަޅާނީ މިއަދު ހަވީރު 16:00 ގައި ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުންކަމަށް އެ ޕާޓީން ބުނެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.