ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ފަނޑިޔާރުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
03 Aug 2023 | 17:16
ފަންޑިޔާރަކަށް ވުމަށްޓަކައި އިމްތިހާނެއް ފުރިހަމަކުރަންޖެހޭ ގޮތަށް ޖޭއެސްސީން އުސޫލެއް އެކުލަވާލައިފި

ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމަށްޓަކައި އެޕްލިކޭޝަން ޕްރޮސަސްގެ ތެރެއިން އިމްތިހާނެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ. 

މި އުސޫލު އެކުލަވާލައި ޖޭއެސްއީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން މަރުހަލާގެ ތެރެއިން އިމްތިހާނެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ފަނޑިޔާރުން އައްޔަން ކުރުުމުގެ ސިޔާސަތަށް ބަދަލު ގެނެސްފައިވާ ކަމަށާއި މި ގޮތަށް ބަދަލުގެނެވުނީ ކޯޓުތަކަށް އައްޔަން ކުރާ ފަނޑިޔާރުންނަކީ ގާބީލު ބައެއްކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށްވެސް އެ ކޮމިޝަނުގެ ބަޔާނުގައި ވެއެވެ. 

ޖޭއެސްއީން އަލަށް އެކުލަވާލި މި އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. 

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އިމްތިހާނުން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ގާނޫނީ އިލްމު ހުރި ވަރާއި ފެންވަރު ވަޒަން ކުރެވޭނެ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ރަނގަޅަށް ގާނޫނުތަކާއި އިޖުރާއަތުތައް ތަތުބީގު ކުރާ މީހުންނާއި ސުލޫކީ ގޮތުން ވެސް އަމަލުތައް ބަހައްޓަން ޖެހޭ ގޮތް އެންމެ ރަނގަޅަށް އެނގޭ މީހުން ވަޒަން ކުރެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވާއިރު ، ޖޭއެސްއީން އިތުރަށްބުނީ، އެ ބަދަލުގެ ސަބަބުން ކޯޓުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު، ރައްޔިތުންގެ ހައްގުތައް ދަމަހައްޓާ، އިންސާފުވެރި ފަނޑިޔާރުން އައްޔަން ކުރެވެވި، ޖުޑިޝަރީއަށް އާންމުން ކުރާ އިތުބާރު ވެސް ބޮޑުވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ