ގިޔާންވާޕީ މިސްކިތް.
ހަބަރު
03 Aug 2023 | 17:22
600 އަހަރުވެފައިވާ މިސްކިތެއް ބިނާ ކޮށްފައިވަނީ ފައްޅިއެއްގެ މަތީގައި ތޯ ބަލަން ސާވޭ ކުރަން ހުއްދަދީފި

600 އަހަރުވެފައިވާ މިސްކިތެއް ބިނާ ކޮށްފައިވަނީ ފައްޅިއެއްގެ މަތީގައިތޯ ބެލުމަށް ސާވޭ އެއް ކުރުމަށް ސާވޭ ޓީމަކަށް އިންޑިޔާގެ ކޯޓަކުން ހުއްދަދީފިއެވެ.

އިންޑިޔާގެ ވަރަނާސީ ޑިސްޓްރިކްޓްގައި ހުންނަ 17 ގަރުނުވެފައިވާ ގިޔާންވާޕީ މިސްކިތް ބިނާ ކޮށްފައިވަނީ ފައްޅިއެއްގެ މަތީގައި ބެލުމަށް ސާވޭ ހެދުމަށް ހުއްދަ ދީފައިވަނީ އިންޑިޔާގެ އަލާހްބާދްގެ ހައި ކޯޓުންނެވެ. އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ވަރަނާސީ ޑިސްޓްރިކް ތަމްސީލް ކުރަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީއިންނެވެ.

ގިޔާންވާޕީ މިސްކިތް ބިނާ ކޮށްފައިވަނީ ފައްޅިއެއް ތަޅާލައި އޭގެ މަތީގައި ކަމަށް ބުނެފައިވަނީ އިންޑިޔާގެ ކަނާތުފިޔައިގެ ހިންދޫންގެ ޖަމާޢަތަކުންނެވެ. އަދި އެޖަމާޢަތުން ބުނެފައިވަނީ އިންޑިޔާގައި ވެރިކަން ކުރި މުގަލުންގެ ދުވަސްވަރު އެތަނުގައި ބިނާ ކޮށްފައިހުރި ފައްޅިއެއް ތަޅާލައި އޭގެ މަތީގައި ކަމަށެވެ.

ހިންދޫންގެ ޖަމާޢަތް ތަމްސީލުކުރާ ވަކީލު ވިޝްނޫ ޝަންކަރު ޖެއިން ބުނެފައިވަނީ އަލާހްބާދުގެ ހައިކޯޓުން ޢިމާރާތައް ގެއްލުން ނުވާނޭހެން  އެމިސްކިތުގެ އާކިޔޮލޮޖިކަލް ސާވޭ އެއް ހެދުމަށް ހުއްދަ ދީފައިވާކަމަށެވެ.

މިކަމާއި ދެކޮޅު ހަދަމުންދާ މުސްލިމުންގެ ގްރޫޕަކުން ބުނެފައިވަނީ މިކަމަކީ އެކަމުގެ ސަބަބުން މިސްކިތުގެ ޢިމާރާތައް ގެއްލުންތަކެއް ވެގެންދާނޭ ކަމެއް ކަމަށެވެ.

މިކަމާއި ދެކޮޅަށް މަސައްކަތްކުރާ މުސްލިމް ގްރޫޕްގެ ފަރާތުން ވާހަކަދެއްކި ޚާލިދް ރަޝީދު ބުނެފައިވަނީ އަލާހްބާދުގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ސްޕްރީމް ކޯޓަށް ހުށައަޅައިފައިވާ ކަމަށެވެ.

"އުންމީދުކުރަނީ މިމައްސަލައިގައި މުސްލިމުންނަށް އިންސާފު ލިބޭނެކަމަށް، އެމިސްކިތުގައި މުސްލިމުން ނަމާދުކުރަމުން ގެންދާތާ 600 އަހަރަށްވުރެ ގިނަވެގެން މިދަނީ" ޚާލިދު މީޑިއާތަކަށް ބުނެފައިވެއެވެ.

ގިޔާންވާޕީ މިސްކިތުގައި ސާވޭގެ މަސައްކަތް މިދިޔަ މަހު ފަށައިފައިވެއެވެ. ނަމަވެސް ސްޕްރީމް ކޯޓަށް އެމައްސަލަ ހުށައަޅައިފައިވާތީ އެމަސައްކަތް ވަނީ ހުއްޓާލައިފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް