ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުޢިއްޒު--ފޮޓޯ: ވޮއިސް
ހަބަރު
03 Aug 2023 | 16:58
ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ. މުޢިއްޒު އަށް!

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ކެންޑިޑޭޓަކު ހޮވުމަށް ނިންމައި، ހުޅުވާލި ފުރުސަތުގައި، ޝައުގުވެރިކަން ފާޅުކުރެއްވި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެ މަގާމަށް އިންތިހާބުވެވަޑައިގެންފިއެވެ. 

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި، ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ޝައުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުން، ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ޕީޕީއެމުން ވަކިވެ މުއިއްޒު ވަނީ މިއަދު ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ.

އެއަށްފަހު ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވައި، ސިޓީ ލާފައި ވާއިރު، އެ އިންތިހާބުގައި މުއިއްޒު އާއި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުއެވެ. 

މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ޕީއެންސީ ސެނެޓުގެ 48 މެންބަރުންވެސް އިންތިހާބުގައި ވޯޓު ލާފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ. 

އިންތިހާބުގެ ވޯޓުލުމަށްފަހު, ވޯޓު ގުނުން ކުރިއަށް ގެންގޮސްފައިވާއިރު, އޭގެ ނަތީޖާ ދައްކާ ގޮތުން ވޯޓުލީ މީހުންގެ ތެރެއިން 25 މީހުން ވޯޓު ލާފައިވަނީ ޑރ. މުއިއްޒު އަށެވެ. އަނެއް 23 މީހުން ވޯޓުލީ އާދަމް ޝަރީފް އުމަރަށެވެ. އެހެންކަމުން، ރައީސް ޔާމީން އަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ގެ ގޮތުގައި ވާދަކުރާނީ މުޢިއްޒު ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ. 

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް މުޢިއްޒު އިންތިހާބު ވެވަޑައިގެންފައިވާއިރު، އޭނާގެ އުއްމީދަކީ ސްޕްރީމްކޯޓަށް މިހާރު ހުށަހަޅާފައިވާ ކެންޑިޑެސީ މައްސަލަ ރައީސް ޔާމީނަށް ކާމިޔާބުވެ، އެމަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުން ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން ރައީސް ޔާމީން މިވަގުތު ޖަލުގައި ހުންނެވުމުން، އެމަނިކުފާނުގެ ކެންޑިޑެސީ ގަބޫލު ނުކުރަން އީސީން ވަނީ ނިންމާފައެވެ.

ނަމަވެސް އެ މައްސަލަ ޕީޕީއެމުން މިހާރު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ޕީޕީއެމުން ބުނަނީ މައްސަލަ ނިމޭނީ ރައީސް ޔާމީނާއި އެއްކޮޅަށެވެ. އަދި އެފަދައިން ވެއްޖެ ނަމަ، ޕީއެންސީގެ ކެންޑިޑޭޓު އިންތިހާބުގައި ވާދަ ނުކުރާނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.