ޑރ މުޢިއްޒު މީޑިއާތަކާއި ވާހަކަދައްކަވަނީ
ހަބަރު
03 Aug 2023 | 19:09
އެންމެ ފުރަތަމަ ކަމަކަށްވެސް ކުރާނެ ކަމަކީ ރައީސް ޔާމިން މިނިވަންކުރުން: ޑރ މުޢިއްޒު

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ވާދަނުކުރެވި އިދިކޮޅު ކެނޑިޑޭޓޭއްގެ ގޮތުގައި ވާދަކުރައްވައި ކާމިޔާބު ވެއްޖެނަމަ އެންމެ ފުރަތަމަދުވަހު އެންމެ ފުރަތަމައަށްވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމިން ޖަލުން މިނިވަންކުރުން ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެންވިދާޅުވީ މިއަދު ބޭއްވުނު ޕީއެންސީގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މީޑިއާ ތަކާއި ވާހަކަދައްކަވަމުންނެވެ.

"ރައީސް ޔާމިންގެ ލަފަޔާއި އިރުޝާދާއި އެކީގަ މިދެޕާޓީ އިންވެސް މަސައްކަތް ކުރާނީ، ދެޕާޓީވެސް، އަޅުގަނޑުމެން ދެމީހުންވެސް، އަޅުގަނޑުމެންގެ ހުރިހާވެސް ވިސްނުމަކީ ރައީސް ޔާމިން" މުޢިއްޒު ވިދާޅުވިއެވެ.

"އިންތިޚާބު ކާމިޔާބުވާ ފުރަތަމަ ދުވަހުވެސް އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ކުރާނެ ކަމަކީ ޤާނޫނުގެ ތެރެއިން ރައީސް ޔާމިން މިނިވަންކުރުން"

ޑރ މުޙައްމަދު މުޢިއްޒު

މުޢިއްޒު ޕީއެންސީގެ ކެނޑިޑެސީ ހޯއްދެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ވާދަ ކުރައްވައިގެނެވެ. އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މުޢިއްޒަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

ޕީއެންސީގެ ތެރެއިން ކެނޑިޑޭކަ ނެރެފައިމިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެންނެވެ. މިހާރު އެމައްސަލަ ވަނީ ރައީސް ޔާމިންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށައަޅައިފައެވެ.

އީސީ އިން ރައީސް ޔާމިންގެ ކެނޑިޑެސީ ބަލައިނުގަތީ އެމަނިކުފާނަކީ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމަށް ބުނެއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަން ތަމްސީލު ކުރައްވާ ކެނޑިޑޭޓަކަށް ޑރ މުޢިއްޒު ހޮވި ވަޑައިގަތަސް، ކެނޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމި ރައީސް ޔާމީނަށް އެއްކޮށް ފުރުސަތު ބަންދުވުމުން ކަމަށް މުޢިއްޒުވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މުޢިއްޒު ވިދާޅުވީ އަބަދުގެވެސް އެދުމަކީ ރައީސް ޔާމީނަށް އިންސާފު ލިބި، މި ފަހަރުގެ ރިޔާސީ އިންތިޚާބުން އެ މަނިކުފާނަށް ފުރުސަތު ލިބުން ކަމަށެވެ.

ރައީސް ޔާމިންގެ ކެނޑިޑެސީގެ މައްސަލައިގެ އަޑު އެހުން މާދަމައަށް ތާވަލުކޮށްފައިވާއިރު، މިމައްސަލައަށް މިހާރު ޕީޕީއެމުން ވަނީ ތަދައްޚުލު ވެފައެވެ. އަދި ދައުލަތުގެ ބަންޑާރަ ނާއިބުވެސް މިމައްސަލަ އަށް ތަދައްޚުލު ވެފައިވެއެވެ.  

ކޮމެންޓް
ކިޔުންތހެރިޔާ
ޔާމީނު ދޫކޮއްފަ އެންމެން ބަޗަނީ. ދެން ޕީޕީއެމް އޮނަން ޖެހޭނީ ޕީއެންސީގެ ފަހަތުގަ. އަދުރޭ ބޮލުގެ ބޭނުން ކޮއްގެން ޕީޕީއެމް އޭނަގެ ފަހަތަށް ގެނައީ .
04 Aug 2023
ވޯޓް ވިއްކި ގަމާރު
އަޅުގަނޑު ވަރަށް އުންމީދު ކުރިން މުއީޒް އަށް.... މައުމޫނު، ނަސީދު، ވަހީދު، ޤާސިމް، ޔާމީން އަދި ސޯލިހު ނޫން ގޮތެއް ހޯދަން ޖެހޭ ގައުމަށް ޓަކާ..... މިހާރު އެންމެ އުންމީދީ ވާހަކަ އެއް ދައްކަނީ ފާރިސް އަދި އުމަރު
04 Aug 2023
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.