އުރީދޫ މަސްރޭހުގެ ގިފްޓް ޕާޓްނަރ-- ފޮޓޯ/ އުރީދޫ
ވިޔަފާރި
04 Aug 2023 | 10:35
އުރީދޫ މަސްރޭސް: ކޮންމެ ސިޓީ އަކުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 'ސީ ގިޔަރ' އިން އަގުހުރި އިނާމްތަކެއް!

މިއަދު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ މަސްރޭސް 2023ގެ ގިފްޓް ޕާޓްނަރ ސީ ގިޔަރ މޯލްޑިވްސްގެ ފަރާތުން އެންމެ ބަރު މަސް ބާނާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ދޭން ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ. 

އެގޮތުން ސީ ގިޔަރ މޯލްޑިވްސް އިން ވަނީ، އުރީދޫ މަސްރޭހުގައި ހަތަރު ސިޓީން ވެސް ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ސިޓީ އަކުންވެސް އެންމެ ބަރު މަސް ބާނާ ފަރާތަކަށް ޖުމްލަ -/875 ރުފިޔާގެ އަގުހުރި އިނާމްތަކެއް ދޭން ނިންމާފައި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އެގޮތުން ދިނުމަށް ނިންމާފައިވާ ހަދިޔާ ތަކަކީ؛ 

1) 7 ފޫޓުގެ، ބީ އެންޑް އެމް، ސިލްވަރ ކެޓް އެލައިޓް ރޮޑް ސްޕިނީ

2) ޑައިވާ އެއާރޑް އާއިއެކު 7 ފޫޓުގެ ރޮޑް ކާސްޓިން

3) 112 ސެންޓިމީޓަރުގެ ވްރެތް ސްޕިނިންގ ރީލް

4) 74 ސެންޓިމީޓަރުގެ މެކްސް ޕްރޯ ސްޕިނިންގ ރީލް

5) 10 ލީޓަރ ގެ ޑްރައި ޓިޔުބް ސީއެސް

6) އަތް ދިގު ރޭޝް ގާޑެއް

އުރީދޫ މަސްރޭސް 2023، މިއަދު މާލޭގައި ފަށަނީ 34 ޓީމަކާއި އެކުގައި ކަމަށް އެކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އުރީދޫ އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރ ކުރި 83 ޓީމާއެކު ބާއްވާ މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތައްކަމަށެވެ.

މިއަދު މެންދުރު 2:30 ގައި ޓީމުތައް މަސްވެރިންގެ ޕާކުން މަހަށް ފުރާއިރު، މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް މާދަން ރޭ 9ގެ ކުރިން އަންނަންވާނެ ކަމަށް އުރީދޫ އިން ބުނެއެވެ. 

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަނީ ފުޅާކޮށްފައި ކަމަށް އުރީދޫއިން ބުނެއެވެ.

އެގޮތުން މާލެ ސިޓީގައި  އޮގަސްޓް މަހުގެ 4 ވަނަ ދުވަހު މިމުބާރާތް ބާއްވާއިރު ކުޅުދުއްފުށި ސިޓީގައި ބާއްވާނީ އޮގަސްޓް 11 ގައެވެ. އަދި އައްޑޫ ސިޓީގައި އޮގަސްޓް 18 ގައި ބާއްވާއިރު ފުވައްމުލައް ސިޓީ ގައި އޮގަސްޓް 25ގައި މިމުބާރާތް އޮންނާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

"މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމަކާއެކު ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެ" އުރީދޫ އިން ބުނެފައިވެއެވެ.

އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމުން މިއަހަރުވެސް ވާދަކުރާކަން އެކުންފުނިން ވަނީ ބުނެފައިކަމަށާއި، އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހު ކަމަށް އުރީދޫއިން ބުނެއެވެ.

މިމުބާރާތުގެ އިނާމަށް ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

އަދި އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން އެންމެ މޮޅު ފިރިހެން ކެޔޮޅަށް 1000 ރުފިޔާ އަދި އެންމެ މޮޅު އަންހެން ކެޔޮޅަށް 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. މިމުބާރާތައް ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އުރީދޫ މަސްރޭހުގެ ކުޅިވަރު ބަލާލުމަށް އެންމެހައި ފަރާތްތަކަށް އުސްފަސްގަނޑު ސަރަހައްދަށް އުރީދޫ މޯލްޑިވްސް އިން ދައުވަތު ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ