އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް--ފޮޓޯ/ މަޖިލިސް
ހަބަރު
04 Aug 2023 | 12:29
ރައީސް ނަޝީދާއި އީވާ މަޖިލިސް ހިޞާރުކޮށްގެން ޑިމޮކްރެސީގެ ނަމުގައި ފަތުރަނީ ފިތުނަ: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުالله ޑިމޮކްރެސީގެ ނަމުގައި ފަތުރަމުންދަނީ ފިތުނަ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯ ހިއްސާ ކުރައްވައި، ރޮޒައިނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ މުއްދަތު ޖުލައި މަހުގެ 24 ވަނަ ދުވަހަށް ހަމަވެފައިވާކަމަށެވެ. އަދި، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެ އިންތިހާބާއި ކުރިމަތިލާންޖެހެނީ އިލެކްޝަންސްގެ މެމްބަރެއް މަދުކޮށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއާއެކު އޭނާ ވިދާޅުވީ ބްރޯޑްކޮމް އިންވެސް މެމްބަރުންގެ މުއްދަތު ހަމަވަމުންދިއުމާއިއެކު ސިޓީ ފޮނުވަމުންދާކަމަށެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، އެ ހުރިހާ ކަމެއްވެސް ކުރިމަތިވެފައިވަނީ 'އިތުބާރު ނެތް' މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާފައި އޮތުމުންކަމަށެވެ.

"އިތުބާރު ނެތް މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް މަޖިލީސް ކޮމިޓީތައް ހުއްޓުވާފައި، މަޖިލިސް ހިސޯރުކޮށްގެން ތިއްބަވައިގެން ޑިމޮކްރެސީގެ ނަމުގައި ފިތުނަ ފަތުރަނީ." ރޮޒައިނާ ވިދާޅުވި އެވެ. 

ރޮޒައިނާ ވިދާޅުވީ، އެ ދެ ބޭފުޅުންގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާ، ހިދުމަތް ނުދެވި ތަންތަނުން ފޮނުވަމުންދާ ސިޓީތަކަށް ބަލަހައްޓައިގެން މެންބަރުން ތިބެންޖެހިފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.