މިހާރު ކުރިއަށްދާ ޝަރީއަތުގައި އީސީގެ ސެކެރެޓަރީ ޖެނެރަލް ވާހަކަދައްކަވަނީ--
ހަބަރު
04 Aug 2023 | 20:03
"ކެންޑިޑެސީ މުއްދަތު އިތުރުކޮށްފި ނަމަ ގާނޫނުގައި ބުނާ ތާރީހަށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނުކުރެވޭނެ"

ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ގެއްލޭ ހާލަތެއްގައި، އެ ޕާޓީން އެހެން ކެންޑިޑޭޓެއް ނެރެން އިތުރު ވަގުތު ދީފި ނަމަ ގާނޫނުގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރަން ހުރަސް އެޅިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިވަގުތު ކުރިއަށްދާ އިރު، އެ މައްސަލައަށް ޕީޕީއެމް އިން ތަދައްހުލުވެ، އެ ޕާޓީން އެދުނީ ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާ ހާލަތެއްގައި، ޕީޕީއެމް އަށް އިތުރު ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކެންޑިޑެސީގެ މުއްދަތު އިތުރު ކުރުމަށް އަމުރެއް ނެރެދިމަށެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ އެ ހުށަހެޅުމަށް ޖަވާބު ދެއްވަމުން އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން އިތުރު ވަގުތު ދީފިނަމަ، ގާނޫނުގައި ބުނާ މުއްދަތަށް، ގާނޫނުގައި ބުނާ ހައްގުތައް ކެންޑިޑޭޓުންނަށް ލިބިދީގެން، އިންތިހާބުގެ ކަންކަން ގެންދިޔުމަށް ހުރަސްއެޅޭނެ ކަމަށެވެ. 

"އެއީ އާއްމު ގާނޫނުގައި ބުނާ ގޮތުން ކެންޕެއިން ކުރުމަށް ބޭނުންވާ 30 ދުވަސް، މިހާރު ކެންޑިޑެސީއަށް ހުޅުވާލެވިފައިވާ މުއްދަތު އިތުރު ކޮށްފި ނަމަ، ނުލިބޭނެކަން. އަދި އިންތިހާބު ބާއްވާ ދުވަސް އިތުރަށް ފަސްކޮށްފި ނަމަ މުޅި ވޯޓާސް ލިސްޓް އަލުން އެކުލަވާލައި މުޅި އިންތިހާބު އަލުން ތަރުތީބުކުރަން ޖެހުމަކީ، ގާނޫނުގައި ބުނާ މުއްދަތަށް، ގާނޫނު އަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރުމަށް ހުރަސް އެޅިދާނެ ކަމެއް،" 

އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ އޮގަސްޓު 1 ގަ އެވެ. ހަމަ އެދުވަހު އީސީން ވަނީ ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމާފަ އެވެ. ސަބަބެއްކަމަށް އީސީން ބުނެފައިވަނީ އެމަނިކުފާނަކީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތަކަށް ވުމެވެ. 

އެ މައްސަލައިގެ އިސްތިއުނާފު ސްޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލަ ރައީސް ޔާމިނާއި ދެކޮޅަށް ނިމިއްޖެ ނަމަ, އެ މަނިކުފާނުގެ ބަދަލުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީން ވަނީ ނިންމާފައެވެ. 

އަންނަ މަހު ނުވައެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުމުގެ ސުންގަޑި އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުން އެއެއަށްވުރެ ފަސްވެއްޖެ ނަމަ ޕީޕީއެމް އަށް އިތުރު ކެންޑިޑޭޓަކު ހުށައެއްނޭޅޭނެ އެވެ. ޕީޕީއެމްގެ އިތުރު ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތަށް އިދިކޮޅުން އެދުނީ އެހެންވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.