ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ
ހަބަރު
05 Aug 2023 | 10:01
ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ނޫން ކަމަށާއި އެއީ އުގޫބާތުގެ ވައްތަރުތަގެ ތެރެއިން މާލީ އުގޫބާތުގެ ވައްތަރެއް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 

އެބޭފުޅާ މިފަދައިން ވިދާޅުވީ، ސުޕްރިމް ކޯޓުގައި އިއްޔެ އާއި ރޭ ކުރިއަށް ގެންދިޔަ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމާއި ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައްް ކުރިއަށް ދިޔަ ވަގުތު ކުރެއްވި ޓުވީޓެއްގައެވެ. 

މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވަނީ . އާރަށް ކުއްޔަަށް ދިނުމުގެ މައްސަލާގައި މަނީ ލޯންޑްރިންނާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ދައްކަން އަމުރުކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުން އެ މަނިކުފާނު ގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށާއި އެކަމުގެ ސަބަބުން އިންތިހާބަށް ޝަރުތު ހަމަ ނުވާނެ ކަމުގައި ބުނެފައެވެ. އަދި އަބްދުﷲ ޔާމިންގެ ކެނޑިޑެސީ ބަލައި ނުގަނތް ސަބަބެއް ގޮތުގައި އިލެކްޝަންސް ކޮމިޝަން އިން ވަނީ އެ ކަން ފާހަގަ ކޮންފައެވެ. 

މިކަމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ސާބިތު ދަރަނި ގުޅިފައިވާނީ ކޮންޓްރެކްޓަކުން ނުވަތަ އެނޫންވެސް އެފަދަ މަދަނީ މުއާމަލާތަކުން އުފެދޭ އިލްޒާމް ތަކާއި ކަމުގައެެވެ. 

އެއީ އެއްވެސް ހާލެއްގައި ޖިނާއީ ކުށަކާ ގުޅޭ އެއްޗެއް ނޫން 

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ގެ ޓުވީޓުގައި ބުނެފައިވެއެވެ. 

މި މައްސަލައާއި ގުޅިގެން އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ހުކުމެއް އޮވެ، އެ ހުކުމުގެ ދަށުން ފައިސާއެއް ދައްކަން ޖެހޭކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، ފައިސާ ދައްކަން ޖެހޭ މުއްދަތު ކަމާ ބެހޭ އިދާރާ އިން އެ މަނިކުފާނަށް ނުވަތަ އެ މަނިކުފާނުގެ ވަކީލުންނަށް އަދި އަންގާފައި ނުވާކަމަށާއި ތާރީހު އަންގަން ޖެހޭ ފަރާތަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަމުގައި ވާއިރު، އެ ފައިސާ ނުދައްކައިގެން މިހާތަނަށް އެ އިދާރާ އިން ނޯޓިހެއް ފޮނުވާފައި ނުވާ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަންއިން ބަލައި ނުގަނތް މައްސަލައިގެ އަޑުއެހުންތައް ސުޕްރިމް ކޯޓުގައި ނިންމާލައިފައިވާއިރު، ދެން މި މައްސަލައިގައި ކުރިއަށް އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.