މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހަބަރު
06 Aug 2023 | 09:25
ރައީސް ޞާލިޙަށް އޮތް ތާއީދު ދަނީ ބޮޑުވަމުން، ޕީޕީއެމް އޮތީ ޑިޕްރެޝަންގައި: ޝަރީފް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އޮތް ތާއީދު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ބޮޑުވަމުން، ފުޅާވަމުން އިތުރުވަމުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓު ތަކެއްގައެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެކަކުވެސް ބާކީ ނުކޮށް ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސަން ރައީސް ޞާލިޙް ދަނީ ގަދަ އަޅައި މަސައްކަތް ކުރަމުންކަމަށް ގިނަ ރައްޔިތުން ޤަބޫލު ކުރާ ކަމަށެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ އިދިކޮޅު ޕީޕީއެމް އޮތީ ޑިޕްރެޝަންގައި ކަމަށެވެ.

"ޕީޕީއެމްގެ ލީޑަރަށް ކުރިމަތިވެފައިއޮތް ހާލަތު ޤަބޫލުކުރާކަށް އެޕާޓީގެ ލީޑަރޝިޕުން ބޭނުމެއްނުވޭ، ހަޤީޤަތާއި ކުރިމަތިލާކަށް ބޭނުމެއްނުވޭ" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކިތަންމެ ވަރަކަށް ގަދަ ބަސްވިދާޅުވިޔަސް، ރައީސް ޞާލިޙަށް މަލާމާތްކޮށް ފުރައްސާރަ ކުރެއްވިޔަސް ރައީސް ނަޝީދު މިހާރު މާޔޫސްވެއްޖެ ކަމަށެވެ.

"ދަ ޑިމޮކްރެޓްސްގެ ލީޑަރުން އެމްޑީޕީ ރޫޅާލަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަން ގިނަ ރައްޔިތުން ގަބޫލުކުރޭ" ޝަރީފް ވިދާޅުވެފައިވެއެވެ.

މިއާއި އެކު ޝަރީފް ވިދާޅުވެފައިވަނީ ދެން ތިބީ ދެވަނަބުރުން ޖާގަލިބޭނެ ޕާޓީތަކެއް ނޫން ކަމަށެވެ. އަދި ފެންނަ މަންޒަރަށް ބަލާއިރު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އީސީއިން ރައީސް ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ މިހާރު އޮތީ ސްޕްރީމް ކޯޓުގައެވެ. ރައީސް ޔާމިންގެ ކެންޑިޑެސީ އީސީ އިން ބަލައިނުގަތުމުން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިހާރުވަނީ އެކޯލޮޝަންގެ ވަގުތީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ މުޢިއްޒު  ހަމަޖައްސައިފައެވެ.

ޑރ މުޢިއްޒު ވަގުތީ ކެންޑިޑޭޓޭއްގެ ގޮތުގައި ހަމަޖެއްސިނަމަވެސް އަދިވެސް އެކޯލިޝަންގެ އުންމީދުއޮތީ ރައީސް ޔާމިނާއި ގުޅިފައިކަމަށް އެޕާޓީގެ އިސްލީޑަރުން އަންނަނީ މެދުނުކެނޑި ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.