ޑރ ޝަހީމް އަލީ ސައީދު
ހަބަރު
05 Aug 2023 | 14:53
ޑރ ޝަހީމްގެ ސިޔާސީ މުސްތަޤްބަލާއިމެދު މާދަމާ ގޮތެއް ނިންމަނީ!

ސިޔާސީ މުސްތަގްބަލާއިމެދު ގޮތެއް ނިންމަވައި އެކަން މާދަމާ އިއުލާނުކުރައްވާނެ ކަމުގައި ޕީޕީއެމްގެ ލިޑަރޝިޕް ގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރެެއްވެވި ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނުން މިފަދައިން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއަށް އަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީން ކެނޑިޑޭޓަކު ނެރުމާއި މެދު، އެ ކޯލިޝަންގެ ތެރެގައި ގަޑުބަޑެއް އުފެދެމުން އަންނަކަމަށް މަންޒަރު ފެންނަމުންދާ މި ދަނޑިވަޅުގައި ދެންމެ ކުރެއްވި ޓުވީޓެއްގައެވެ. 

<blockquote class="twitter-tweet"><p lang="dv" dir="rtl">ސިޔާސީ މުސްތަޤުބަލާމެދު އަޅުގަނޑުގެ ނިންމުން މާދަމާ އިޢުލާންކުރާނެ ވާހަކަ ދަންނަވަން.</p>&mdash; Mohamed Shaheem Ali Saeed (@Mohamedshaheem1) <a href="https://twitter.com/Mohamedshaheem1/status/1687757475821527042?ref_src=twsrc%5Etfw">August 5, 2023</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ޝަހީމް ކުރެއްވި ޓުވީޓް 

ޑރ ޝަހީމްއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންގްމޭޓްވެސް މެއެވެ. އެ ފަހުން އެ މަނިކުފާނު ފާހަގަކޮށްލެވެނީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސްސަފުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މަސައްކަތް ކުރައްވާ އިސް ބޭފުޅެއްގެ ގޮތުގައެވެ. 

އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި ދިމާކޮށް ޕީޕީއެމްގެ ލީޑަރޝިޕް ގެ އެތެރޭގައި ކޯޅުންތަކެއް އުޅޭ ކަމުގެ އަޑު މި ފަހުން ގަދަވުމާއެކު ޑރ ޝަހީމް އެ ކޯލިޝަނުގެ އިސް ސަފުގައި އެހާ ހަރަކާތްތެރިކޮށް އުޅުއްވާތަނެއް ނުފެނެއެވެ. 

ކޮމެންޓް
ޔަޘްރިބީ
ެއޮޅުމެއް ނެތް ގޮތުގައި ތިޔަ ޝަޚްސިއްޔަތަށް މޮޅުއިތުރު ގޮތަކީ ޢަދާލަތު. އެދެނީ ޢަދާލަތު ވަރުގަދަވުން. އިސްތިޚާރާ ނަމާދު ކުރައްވާ! އެއަށްފަހު ގޮތް ނިންމަވާ. ﷲ ތަޢާލާ ގެ ތަނަވަސް މަގު ދައްކަވާށި! ރައްބަނާ!
09 Aug 2023
ތަކުރު
މީނަޔަށް ބޮނަކުއާ ފެންފުޅިއެެއް ދީބަލަ
09 Aug 2023
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.