ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެެއިން
ހަބަރު
05 Aug 2023 | 17:15
ޕްލޭން ބީ ނުވަތަ ސީ އަކާއި މެދު ވިސްނާނީ ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ: ޕީޕީއެމް

ޕީޕީއެމުން ޕްލޭން ބީ ނުވަތަ ޕްލޭން ސީ އަކާއި މެދު ވިސްނާނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިހެން ބުނެފައިވަނީ އެޕާޓީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ނިންމައިފިކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ދަނީ ދޮގު ޚަބަރެއްކަމަށެވެ.

ޒިންމާދާރު ނޫސްވެރިކަން ކުރާއިރު، ކަމުގެ ހަޤީޤީ މައުލޫމާތު ހޯއްދެވުމަށްފަހު ނޫންގޮތަކަށް ނޫސްތަކުގައި ނުލިޔުމަށް އެބަޔާނުގައި ވަނީ ގޮވައިލައިފައެވެ.

މީގެއިތުރުން ޕީޕީއެމްގެ ފަރާތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދު ކޮށްފައިނުވާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

"ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާއިމެދު ވިސްނާނީ، ރައީސް ޢަބްދުﷲ  ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަނުކުރެވޭނެ ޙާލަތެއް މެދުވެރިވުމުން އެކަނި" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ  ދިވެހިރާއްޖޭގައި އޮތް މިވަގުތު އެންމެބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިންކަމަށެވެ.

އަދި އެޕާޓީގެ ފަރާތުން ސްޕްރީމް ކޯޓުގައި މިވަގުތު ހިނގަމުންދާ ރައީސް ޔާމިންގެ ކެންޑިޑެސީގެ މައްސަލައަށް ތަދައްޚުލް ވެފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަންނަން އީސީ އިން ނިންމާފައިވަނީ ޤާނޫނު އަސާސީ ނުބައިކޮށް ތަޠްބީޤް ކޮށްގެން ކަމަށާއި، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމަށް އީސީގެ މައްޗަށް ސްޕްރީމްކޯޓުން އަމުރުނެރެދިނުމަށް ކަމަށެވެ. އަދި އެފުރުސަތު ނުލިބޭނަމަ ޕީޕީއެމަށް ކެންޑިޑޭޓަކު ނެރުމަށް ފުރުޞަތު ލިބިގަތުމަށް ކަމަށެވެ.

ރައީސް ޔާމިންގެ ރިޔާސީ ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވަނީ ވަރަށް ދިގުކޮށް ސްޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

މެންދުރު ފަހުގެ ވަގުތެއްގައި ފެށި އަޑުއެހުން ރޭގެ ވަރަށް ދަންވުމާއި ހަމައަށް ކުރިއަށް ގެންގޮސްފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.