އަބްދުއްރަހީމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު އަދި ރަނިންމޭޓު މެމްބަރު ހުސެއިން އަރިހުގައި/ ފޮޓޯ: ޕީއެންސީ
ހަބަރު
07 Aug 2023 | 11:41
ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ޕީޕީއެމް-ޕީއެންސީން: އަބްދުއްރަހީމް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކަމަށް، އެ ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތީތީ ޑރ މުއިއްޒަށާއި، އެމަނިކުފާނުގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

އަދި އެ ދެބޭފުޅުންނަށް ރައީސް ޔާމިނުގެ ފުރިހަމަ ތާއީދު އޮތް ކަމަށާއި ރައްޔިތުންގެ ސަޕޯޓާއި މަސައްކަތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް ޑރ މުއިއްޒު ފޯމު ހުށައަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރިމް ކޯޓުން ދެމެހެއްޓުމާއި ގުޅިގެން، ރައީސް ޔާމިނު ވަނީ އެމަނިކުފާނަށް ތާއީދުކުރާ އެތައް ބައެއްގެ ހައްގު ފޭރިގެންފައިވާކަމަށް ޤަބޫލުކުރެވޭތީ، ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަކީ ސެނެޓަށް ފެންނަކަމެއް ކަމަށް ވާ ނަމަ އެކަން ކުރުމަށް އެދިވަޑައިގެންފަ އެވެ. 

އެހެން ނަމަވެސް ސެނެޓުގެ ނިންމުމަކަށް ވީ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމެވެ. އަދި ރައީސް ޔާމީންގެ މިހާރު ވަނީ ސެނެޓުގެ އެ ނިންމުމަށް ތާއީދުކުރައްވާފަ އެވެ. 

ޕީއެންސީގެ ފަރާތްޕުޅުން ޑރ މުއިއްޒު ކުރިމަތިލެއްވީ ރައީސް ޔާމިނުގެ ވެސް ތާއީދާއި އެކުގައިކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ތަލާލު ވަނީ މީޑިއާއަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
އައިމިނަ
އަދުރޭ ބުނީމަ ޖެހޭނީ ގަބޫލުކުރާށެވެ. ޔާމީނަށް ސްޕްރީމް ކޯރޓުން ކާމިޔާބުލިބޭނޭކަން ޔަގީންކަން ދިނީމާވެސް، ޔާމީންގެ ނަންނެތި އިންތޚާބެއް ނޯންނާނޭ ބުނީމާވެސް މިހުރިހާ އެއްޗެއްވެސް މިތިބީ ހަމަ ގަބޫލު ކޮށްގެންނެވެ.
07 Aug 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.