އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ހަސަން ޒަމީލް ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަނީ - ފޮޓޯ: ދެން އެމްވީ
ހަބަރު
07 Aug 2023 | 21:22
ވެރިކަމުގައި ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރިން އެސެސްމެންޓެއް ހެދޭނެ: ޒަމީލް

ވެރިކަން ލިބިވަޑައިގަންނަވައިފި ނަމަ، ކެބިނެޓާއި އެހެނިހެން ދައުލަތުގެ އިސް މަގާމުތަކަށް ބޭބޭފުޅުން އައްޔަނުކުރެއްވުމުގައި އެއްވެސް ހާލެއްގައި ގާތް އާއިލީ ބޭފުޅުންނަށް އިސްކަން ނުދެއްވާނެކަމަށާއި ކެބިނެޓްވެސް އެކުލަވާލާނީ އެކަމަށް ކަނޑައެޅޭ ބޭފުޅުންގެ އެސެސްމެންޓްއެއް ހެދިގެން ކަމުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ކެންޑިޑޭސި ހުށަހެޅުއްވި، ޑިފެންސް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ. 

ރަނިންގްމޭޓެއްގެ ގޮތުގައި އަނބިކަނބަލުން އަދި އިންތިހާބި އެޖެންޓެއްގެ ގޮތުގައި ދަރިކަލުންނާއެކު މިއަދު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޒަމީލް ވިދާޅުވީ ކޮންމެ ވެރިކަމެއްގައިވެސް ވެރިކަމަށް އަންނަ ދުވަސްކޮޅު ހެދޭ ކޯލިޝަންތަކުގެ ތެރެއިން ފޮނި އިންމީދުތަކާއި އެކި ވަރު ވަރުގެ ވައުދުތައް ވަމުން އަންނަތަން ފެންނަ ކަމުގައެވެ. އެހެން ނަމަވެސް ވެރިކަމަށް އައުމަށްފަހު އެ ވައުދުތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދި ރައްޔިތުންގެ އަސާސި ހައްގުތަށް އަދާ ކޮށްދެވެމުން ނުދަ މަންޒަރު ފެންނަމުންދާތީ މިފަދަ މަގާމަކަށް ނިކުންވަަން ވިސްނުންފުޅު ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެކަމުގައެވެ. 

މީގެ އިތުރުން ޒަމީލް ވިދާޅުވީ، އެ ބޭފުޅާއަށް ވެރިކަން ލިބިލެއްވިކަމުގައިވިޔަސް ކެބިނެޓާއި އެެފަދަ ސަރުކާރުގެ އިސްމަގާމުތަކަށް މީހުން އައްޔަނުކުރުމުގައި ތައުލީމީ ގާބިލް އަދި ތަޖުރިބަ ހުރި ބޭބޭފުޅުންނަށް އިސްކަންދެވޭނެ ކަމަށެވެ. އަދި އެ ބޭފުޅާއަކަީ ރަހުމަތްތެރިންވެސް މަދު މީހެއްކަން ފާހަގަކުރައްވައި ޒަމީލް ވިދާޅުވީ ފަހަރުގައު ކަން ދިމާވާ ގޮތުން ކެބިނެޓް އެކުލަވާލުމަށް އިއުލަނުކުރަން ޖެހުން އެކަށީގެން ވާކަމަށާއި، ކެބިނެޓަށް ބޭފުޅުން އައްޔަނު ކުރެވޭނޭ، އެ ބޭބޭފުޅުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމުގެ އިތުރުން ފަންނީ އަދި އިލްމީ ގާބިލުކަން ބެލުމަށް އެސެސްމެންޓްތަކެއް ހެދިގެން ކަމުގައެވެ. 

"އަޅުގަނޑު ގަސްތުކުރަނީ ވިހާވެސް އެކަހަލަ ކަންތައްތަކަށް ގަބިލްބޭފުޅުން، އެހެން ނަމަވެސް އެ ބޭފުޅުން މަގާމަށް އައްޔަނުކުރުމުގެ ކުރިން އެ ބޭފުޅުންގެ އެސެސްމެންޓެއްދާނެ، ހަމަ ރަނގަޅު އެސެސްމެންޓެއް، އެ ބޭފުޅުންނަކީ ގައުމަށް މިހާތަނަށް އިހްލާސްތެރި ތެދުވެރި ގޮތުގައި އަމަލުކުރައްވައިފައި ހުރި ބޭފުޅެއްތޯ ބަލާނަށް" 

ޒަމީލު ވިދާޅުވިއެވެ. 

ރަނިންގްމޭޓެއްގެ ގޮތުގައި އަންބިކަނބަލުންނާއި އިންތިހާބީ އޭޖެންޓެއްގެ ގޮތުގައި ދަރިކަލުންނާއި އެކު ނިކުމެވަޑައިގެން ޒަމީލް ވެ ވަޑައިގަތީ ރިޔާސީ ތާރީޚުގައިވެސް އާއިލާއެއް އެއްކޮށް އިންތިހާބަކަށް ނިކުމެވަޑައިގެން މިގޮތަށް ވާދަކުރައްވާ ފުރަތަމަ ބޭފުޅާއަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.