ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް
ހަބަރު
08 Aug 2023 | 08:59
ރައީސް ޔާމީނަކީ މުޅި ޤައުމުގެ މަސްލަހަތާއި ގުޅިފައިވާ ބޭފުޅެއްކަން އެންމެން ޤަބޫލުކުރޭ: ޝިޔާމް

ކުރީގެ ރައީސް ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމަކީ މުޅި ޤައުމުގެ މަސްލަހަތާއި ގުޅިފައިވާ ބޭފުޅެއްކަން ހުރިހާ ޕާޓީއެއްގެ ހުރިހާއެންމެންވެސް ޤަބޫލުކުރާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލައި ބޭއްވި އިހްތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ.

"ޤައުމީ މިހާ ބޮޑު ކަމެއްގައި، މުޅި ޤައުމުގެ މަސްލަޙަތު އެބޭފުޅަކާއި ގުޅިފައިހުރި ބޭފުޅެއް ރައީސް ޔާމީނަކީ މިއަދު، އެއީ އެއްވެސް ބޭފުޅަކު ސުވާލު އުފައްދާނެ ކަމެއްނޫން މިއަދަކު، އެމްޑީޕީ ބޭފުޅެއްވެސް ޕީޕީއެމް ބޭފުޅެއްވެސް ޕީއެންސީ ބޭފުޅެއްވެސް އަދި ކޮންމެ ޕާޓީއެއްގެ ބޭފުޅެއްވިޔަސް، މިއީ އެނެމެން އިއްތިފާޤްވާ ކަމެއް، ދިވެހި ރާއްޖެގަ އެއް ލީޑަރަކަށް އެއް ކެންޑިޑޭޓަކަށް އެންމެ ބޮޑު ތާއީދެއް ޔަޤީނުންވެސް އޮތީ ރައީސް ޔާމިނަށްކަން" 

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ ބައެއްގެ ސިޔާސީ މަޤްސަދުތައް ހާސިލް ކޮށްދިނުމަށްޓަކައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ރައީސް ޔާމިން ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ވަމުންދާ ޤުރުބާނީ ހަނދާން ނައްތާލައިފައިވާކަމަށެވެ. ޝިޔާމް ވިދާޅުވީ އެއީ މިޤައުމުން ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ރައީސް ޔާމިން ހުންނެވި ހާލަތުގައި އެހެން ޤައުމުތަކުގައި ކަންކުރާ ގޮތް ރައީސް ޔާމިންގެ ވަކީލުން ވަރަށް ސާފުކޮށް ކިޔައިދެއްވި ކަމަށާއި، އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބޭފުޅުންނަށްވެސް މިއެޅުއްވޭ ފިޔަވަޅަކީ ޑިމޮކްރަސީގެ މަގުގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަން އެނގިލައްވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ޤާނޫނު އަސާސީގައި ލިބިފައިވާ ފަންޑަމެންޓަލް ހައްޤެއް އެއީ އިންތިޚާބުގައި ވާދަކުރުމަކީ، ރައީސް ޔާމިންގެ މައްޗަށް ކުރެވިފައިވާ ޙުކުމެއް އޮތްނަމަ އެއޮތީ އެމަނިކުފާނު އިސްތިއުނާފު ކުރައްވާފަ، އެއީ އަދި ނިހާއި ޙުކުމެއްވެސް ނޫން، އިސްތިއުނާފު ކުރައްވާފައި އޮތް ޙާލަތުގައި ދުނިޔޭގެ އެއްވެސް ޤައުމަކުން ވަކިން ޚާއްސަކޮށް މިޒަމާނުގެ ޑިމޮކްރަސީ އޮތް އެއްވެސް ޤައުމަކުން ޢަމަލުކުރާނެ ގޮތަކަށްނޫން އަޅުގަނޑުމެން ހީކުރި ޒަމާނީ ފަނޑިޔާރުން ޢަމަލު އެކުރެއްވީކީ" 

އަހްމަދު ޝިޔާމް

އެކަމާއި ހިތާމަކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމިންގެ މައްސަލަ އަޑުއައްސަވަން ޔޫއެންގެ ބޭފުޅަކުވެސް ޝަރީޢަތުގެ މަޖިލީހުގައި ހުންނެވިތަން ދެކިލެއްވި ކަމަށެވެ. އަދި ޑިމޮކްރަސީއަކީ ހުޅަނގަށް އެކަނި އިނގޭ އެއްޗެއްތޯ ޝިޔާމް ސުވާލުކުރައްވައިފައިވެއެވެ.   

މީގެއިތުރުން މިސަރަހައްދުގައި ޑިމޮކްރަސީ އަށް ވަނީ އިންޑިޔާއިން ބޭނުންވާ ގޮތަކަށް ހިންގާ ސަރުކާރެއްގެ ޢަމަލުތައްތޯ ނުވަތަ އިންޑިޔާއިން ބޭނުންވާ ގޮތައް އޮޕަރޭޓުވާ ފަނޑިޔާރުގެ ތަކުން ކުރާ ޙުކުމްތައްތޯ ޝިޔާމް ވަނީ ސުވާލުކުރައްވައިފައެވެ.

ދިވެހިރާއްޖެގައި މިވަގުތު ހުރި އެންމެ ތާއީދު ބޮޑު ލީޑަރަށް ވާދަނުކުރެވޭ އިންތިޚާބެއް އިންސާފުވެރި ވާނެކަމަށް ޤަބޫލުކުރައްވަނީ ކިހިނެއްތޯވެސް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.