އުރީދޫ މަސްރޭސް 2023ގެ މާލެ ސިޓީގެ ޗެމްޕިއަން ޓީމް، ޓީމް ސޮނީ ފިޝިން-- ފޮޓޯ: އުރީދޫ މޯލްޑިވްސް
ވިޔަފާރި
08 Aug 2023 | 13:19
ޖުމްލަ 860 ޕޮއިންޓާ އެކު އުރީދޫ މަސްރޭސް މާލެ ސިޓީ ގެ ޗެމްޕިއަންކަން ސޮނީ ފިޝިން އިން ކާމިޔާބުކޮށްފި!

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 – މާލެ ސިޓީ ގެ ޗެމްޕިއަންކަން ޓީމް ސޮނީ ފިޝިން ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ.

މާލެ ސިޓީ މަސްރޭހަށް ރެޖިސްޓަރ ކުރި 30 އަށްވުރެ ގިނަ ޓީމާއެކު މާލޭގައި މި މުބާރާތް ފަށާފައިވަނީ  4 ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

އެގޮތުންމާލެ ސިޓީ އިން ސޮނީ ފިޝިން ޓީމުން ޖުމްލަ 860.34 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދާ ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ރ ކާމިޔާބުކޮށްފައިވެއެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން 698.7 ޕޮއިންޓާއެކު ޑެޓިއުންފިޝިންއިން ކާމިޔާބުކުރިއިރު 412.18 ޕޮއިންޓާ އެކު މަލެ ސިޓީ އިން 3 ވަނަ ކާމިޔާބުކޮށްފާވަނީ ސްޓެލްކޯ މެން ޓީމުންނެވެ.

މެންދުރު 2:30 ގައި ޓީމުތައް މަހަށް ފުރައިގެން ކުރިއަށް ދިޔަ އެއްދުވަހުގެ މި މުބާރާތުގައި ޓީމުތަކުން ފެނުނު ފޯރިއާއި ވާދަވެރިކަމުގެ އިތުރުން މަސްވެރިކަމަށް އޮތް ލޯބި ފެނިގެންދިޔައެވެ. 

އެންމެ މޮޅު ފިރިހެން އަދި އަންހެން ކެޔޮޅު

އުރީދޫ މަސްރޭހުގެ ޓީމް ކްރަންޗީސްގެ ނައުޝާދު، މަސްވެރިކަމުގެ ހުނަރުދައްކާލާ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ޑީޓިއުންފިޝިންގ އިން ފެޒޫ އެވެ. 

އެންމެ ބަރު މަސް

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 17.54 ކިލޯ ގެ މުޑަހަނދި އެކެއެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިން ޓީމް ސޮނީ ފިޝިންގ އިން ވަލީދުއެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާރޓްނަ ސީގިއަރ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީޚުތަކުގައެވެ.

މާލެ ސިޓީ: އޮގަސްޓް މަހުގެ 4 ވަނަ ދުވަހު

ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11

އައްޑޫ ސިޓީ: އޮގަސްޓް 18

ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން މާލެ ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ