މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވާހަކަފުޅު ދައްކަވަނީ
ހަބަރު
09 Aug 2023 | 09:01
މަންޒަރު ވަރަށް ސާފު! ރައީސް ޔާމީންގެ ތާއީދު ނެތް ނަމަ މިތާ މިރޭ ނުވެސް ތިބީސް: ޝިޔާމް

މަންޒަރު ވަރަށް ސާފު ކަމަށާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް އެއްކޮށް ތިއްބެވީ ޑރ މުއިއްޒުގެ ފަހަތްޕުޅުގައި ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ރައީސް އަބްދުالله ޔާމިންގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރިމް ކޯޓުގެ ހުކުމަށް ފަހު ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ބައިބައިވުންތަކެއް އުފެދުނުކަމުގެ އަޑުތައް ފެތުރުނެވެ. 

އަދި އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް ގެ އޮފީސް ދޮރުމަތީގައި ކުރިއަށް ދިޔަ އެއްވުމުގައި ޑރ މުއިއްޒުއަށް ތާއީދު ނުކުރައްވާ މޭރުމަކުން ޝިޔާމް ވާހަކަދެއްކެވިކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ އެ ހުރިހާ ބޭފުޅުންވެސް މިރޭގެ ބައްދަލުވުމުގައި ތިއްބެވުމުގެ އެންމެ ބޮޑު ހެއްކަކީ ރާއީސް ޔާމިން ފުރިހަމަ ތާއީދު ޑރ މުއިއްޒުއަށް އޮންނެވުންކަމުގައެވެ.

" އަޅުގަނޑުމެން އެންމެ މިތިބީ ޑރ މުއިއްޒުގެ ފަހަތްޕުޅުގައި އެ ބޭފުޅާ ވެރިކަމަށް ގެނައުމަށް " 

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް 

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭގެ އެއްވުމަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއް ކަމަށާއި، އެއީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ގެ ކެމްޕެއިން އެއްވުމެއް ނޫން ކަމަށެވެ. އަދި އެ އެއްވުމުގައި ދެއްކެވި ވާހަކަފުޅުތަކަކީ ރައީސް ޔާމީންގެ ގެ ދިފާއުގައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށާއި އައިން އެއްވެސް ވާހަކައަކާ އެބޭފުޅުން ޑރ މުއިއްޒުއަށް ކުރައްވާ ތާއީދާއި ގުޅުމެއް ނެތް ކަމަށެވެ. 

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެންޑިޑެސީ ހުށަހެޅިފަހުން ފުރަތަމަ ފަހަރަށް އެ ކޯލިޝަންގެ ލީޑަރޝިޕް އެކުގައި މީޑިޔާތަކުގެ ކުރިމައްޗަށް އައިސް އެ ބޭފުޅުން ޑރ މުއިއްޒުއަށް ތާއީދު ކުރައްވާކަން ރޭ ވަނީ ހާމަ ކޮށްފައެވެ. 

ކޮމެންޓް
ނާޝް
ތިހުރިހައި ބޭފުޅުންނަށް އައްސަރިބަހާ ސާބަސް ތިގޮތުގައި އެކަތި ގަނޑެއް ގެ ގޮތުގައި ތިއްބަވާ ވ ވ ލޯބިވެ ތިގޮތުގައި ތިބޭފުޅުން ތިއްބަވާތި ވވ ބޮޑަށް ޝުކުރުވެރިވަން
09 Aug 2023
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.