ރައީސް ޔާމީން މާފުއްޓަށް ގެންދަނީ/ ފޮޓޯ: އަދަދު
ހަބަރު
09 Aug 2023 | 09:22
"ސިޔާސީ ކަސްތޮޅުން ރައީސް ޔާމީން މިނިވަންކުރާނީ ސިޔާސީ ބާރުވެރިކަން ހޯދައިގެން"

ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ހައްޔަރުކޮށްފައި ހުންނެވީ، ސިޔާސީ ހުކުމެއްގައި ކަމަށާއި، އެ ހުކުމުން އެމަނިކުފާނު މިނިވަންކުރާނީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދައިގެން ކަމަށް، ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެ ކޯލިޝަނުން ކެނޑިނޭޅި ކުރަމުން އައިސްފައިވާ ކަންކަމަށް ސަރުކާރުން ހުރަސްއަޅާ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ގެއްުވާލާފައިވާ ކަމަށެވެ. 

އެމަނިކުފާނު މިވަގުތު ވެސް ތަންފީޒު ކުރައްވަމުން ގެންދަވަނީ ސިޔާސީ ހުކުމެއް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަކީ ޕީޕީއެމް-ޕީއެންސީން އެންމެ އިސްކަންދޭނެ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން ރައީސް ޔާމިނުގެ މައްވަށް ކޮށްފައިވާ ހުކުމް ގާނޫނީ އިމުގެ ތެރެއިން ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރާނީ ސިޔާސީ ބާރުވެރިކަން ހޯއްދަވައިގެން ކަމަށެވެ. 

ރައީސް ޔާމީން ކޯޓުން ނިކުމެވަޑައިގަންނަވަނީ

"އަޅުގަނޑު ދެ ޕާޓީގެ މެމްބަރުންނަށް އަދި ހުރިހާ ރައްޔިތުންނަށް ވެސް ދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުރާ މަސައްކަތްކޮށް، އިންތިޚާބު ކާމިޔާބުކޮށް އިންޝާالله އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން ކުރާނެ ކަމަކީ ޤާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަން ކުރުން. އެކަން އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއަކީ. ސިޔާސީގޮތުން ހައްޔަރުކޮށް، ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި އެމަނިކުފާނު ހައްޔަރުކޮށްފައި އެ ހުރި ހުރުން އަޅުގަނޑުމެން ނިމުމަކަށް ގެންނާނީ އިރާދަކުރެއްވިއްޔާ ސިޔާސީގޮތުން މި ކޯލިޝަނަށް ބާރުވެރިކަން ހޯދައިގެން"

ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އަރިހުގައި އާދޭސް ދަންނަވާފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް އެ އާދޭސްތަކަށް ރައީސް ޞާލިހު އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވާކަމަށާއި، ސަރުކާރުގެ ނުފޫޒުން ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނަގާލާފައިވާއިރު، އެމަނިކުފާނަށް އިތުރު އަނިޔާތައް ނުދީ އާއިލާގެ ގާތަށް ބަދަލުކޮށްދެއްވުމަށް އަދިވެސް އެއްފަހަރު ސަރުކާރަށް ގޮވާލައްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށާއި، އެމަނިކުފާނަށް ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާ ހަމައެކަނި ސަބަބަކީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ބަސް ވިދާޅުވާތީ ކަމަށެވެ. 

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރުން ހިތްވަރު ލިބިގަންނަނީ އެމަނިކުފާނުގެ ހިތްވަރުންކަމަށާއި، އެމަނިކުފާނު ފައްޓަވާފައިވާ ޤައުމީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.