ރައީސް ނަޝީދާއި ރައީސް ޔާމީން--
ހަބަރު
09 Aug 2023 | 10:03
"މީހުން ޖަލުން ނެރޭން އަޅުގަނޑަށް އެނގޭ؛ ރައީސް ޔާމީން ޖަލުން ނެރުމަށް މަގުމަށްޗަށް ނުކުންނާނަން"

އިދިކޮޅުު ލީޑަރ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުން ނެރެން ޖެހޭނެ ކަމަށާ، އެމަނިކުފާނު ޖަލުން ނެރުމަށް ޕީޕީއެމްގެ ލީޑަރުންނާއިއެކު މަގުމައްޗަށް ނުކުންނަވާނެ ކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރޭ ޏ. ފުވައްމުލަކު ގައި ބޭއްވި، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މިސަރުކާރުން ރައީސް ޔާމީނާމެދު އަމަލު ކުރައްވާފައިވާ ގޮތަކީ އެންމެންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

އެގޮތުން، އެމްއެމްޕީއާރްސީގެ ވައްކަމުގައި 273 މީހުން ހިމެނޭ ކަން އެނގޭއިރު، އެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ހިފާ ހައްޔަރުކޮށް ފަސް އަހަރު ވަންދެން ޖަލުގައި ގެންގުޅެފައިވާ ކަމަށާ، އެއީ އިންސާފުގެ ގޮތުގައި ބަލައެއް ނުގަނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމިން މިހާރުން މިހާރަށް ޖަލުން މިނިވަންކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

މިއާއެކު ނަޝީދު ވިދާޅުވީ މީހުން ޖަލުން ނެރުމަކީ އެމަނިކުފާނު އެމްޑީޕީގައި އުޅުއްްވިއިރު ފައްކާކޮށްފައިވާ "ނިޒާމެއް" ކަމަށާ، ރައީސް ޔާމީންވެސް ދާދި އަވަހަށް ޖަލުން މިނިވަން ވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ޕީޕީއެމްގެ ބޭފުޅުންނާއެކު މަގު މައްޗަށް ވެސް ނުކުންނަވާނެ ކަމަށް ވިދާޅުވިއެެވެ. 

"އަޅުގަނޑުމެންނަށް އިނގޭ ހަގީގަތުގައި މީހުން ޖަލުން ނެރެން. އެމްޑީޕީގައި އަޅުގަނޑުމެން އުޅުން އިރުގައި ފައްކާކޮށްފައި އޮތް ނިޒާމެއް އެއީ ޖަލުން ނެރުމުގެ ނިޒާމު. އަޅުގަނޑު އަޅުގަނޑުގެ ރަހްމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން. އިރާދަކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ދެން ޖަލުގައި ނުހުންނަވާނެ. އަޅުގަނޑުމެން އިހްތިޖާޖުގައި ވެސް ބައިވެރިވާނަން. ތިބޭފުޅުންނާއެކުގައި މަގުމަތީގައިވެސް ތިބޭނަން. ބައިނަލްއަގްވާމީ ފަރާތްތަކާއެކުގައި ވާހަކަދައްކަންވެސް ދާނެ. އެކިއެކި ބައިނަލްއަގްވާމީ ވަކީލުން ދިވެހިރާއްޖެ ވަޑައިގެން ވަކާލާތުވެސް ކުރައްވާނެ. ރައީސް ޔާމީން އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،"

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި "ގޯހެއް" ނުހެދުމަށް ޕީޕީއެމްގެ މެންބަރުންނަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން ރައީސް ސޯލިހަށް ދެވަނަ ބުރެއްގައި ވޯޓްދޭން ޖެހޭނެ އެއްވެސް ގޮތަކަށް އަމަލު ނުކުރެއްވުމަށް ވަނީ އެދި ވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.