ކޮލަމާފުށީގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
10 Aug 2023 | 16:03
ހާމަކަން ބޮޑު ގޮތެއްގައި ކެމްޕޭނުކޮށް ޙިޔާލު ފާޅުކުރުމަށް އެއޮތީ ޖާގަ ދީފަ: ރައީސް ޞާލިޙް

ހާމަކަން ބޮޑު ގޮތެއްގައި ކެމްޕޭނުކޮށް ޚިޔާލު ފާޅުކުރުމަށް ޖާގަ ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ގއ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅު ކޮލަމާފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"2018 ގެ ކެމްޕޭނުގައި އަޅުގަނޑުމެންނަށް ތަފާތު އުނދަގޫތައް ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ، މިރަށުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަން ހާމަވާނެ، ވޯޓުލާން އޮތް ދުވަހުގެ ކުރީ ދުވަހު އަޅުގަނޑުމެންގެ ކެމްޕޭނުގައި ހަރަކާތްތެރިވާ 18 އެކްޓިވިސްޓަކު ހައްޔަރުކުރީ، ވޯޓު ލެވެނެ ގޮތެއް ނުވެފަ ތިބީ، އަޅުގަނޑުމެން އެއާއި ދޭތެރޭގައި މިއަދު ވިސްނަންވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން އެކަން އަނެއްކާވެސް އިއާދަ ވެދާނެ ކަމަށެވެ.

މިކޯލިޝަންގެ ވެރިކަން ކުރިއަށް ދާއިރު އިންތިޚާބުގައި ވާދަކުރާއިރު އިދިކޮޅު ފަރާތްތަކާއި ދޭތެރޭގައި އެފަދަ އަނިޔާވެރި ޢަމަލުތަކެއް ނުހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސާފުކޮށް ކެމްޕޭނު ކުރުމަށް 8 ނުވަތަ 12 ކެންޑިޑޭޓުން ކުރިމަތިލެއްވިޔަސް އެފުރުސަތު އޮންނާނެ ކަމަށެވެ.

"ކެމްޕޭނު ކުރައްވަންވީ، ޙިޔާލު ފާޅު ކުރައްވަންވީ، ހާމަކަން ބޮޑު ގޮތެއްގައި އެޖާގަ އެއޮތީ ދީފަ"

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ ކޮލަމާފުއްޓަކީ އެމްޑީޕީގެ އިސްލާޙީ ހަރަކާތުގައި ވަރަށް އިސްސަފުގައި ހަރަކާތްތެރިވާ ރައްޔިތަކު އުޅޭ ރަށެއް ކަމަށެވެ. އަދި ކޮލަމާފުށީގެ ރައްޔިތުން އޭރުވެސް އަދި މިހާރުވެސް ބޭނުންވަނީ ހަމަޖެހުމާއި ސުލްޙަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮލަމާފުށިންވެސް ފުރިހަމަ އަޤްލަބިއްޔަތު އެމްޑީޕީ ކޯލިޝަނަށް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ރައީސް ޞާލިޙާއި އެމަނިކުފާނުގެ ކެމްޕޭނު  ޓީމުން ކޮލަމާފުއްޓަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޞާލިޙް ވަނީ ކޮލަމާފުށީ ވޮލީކޯޓު ހުޅުވައިދެއްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.