ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ހަބަރު
10 Aug 2023 | 22:11
ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" އަލިމަސް ކާނިވަލުގައި ހުޅުވައިފި

ރިޔާސި އިންތިޚާބުގެ ކެމްޕެއިން ޕީޕީއެމް/ޕީއެންސީން ފަށައި އެ ކޯލިޝަންގެ ކެމްޕެއިން ފުރަތަމަ ޖަގަހަ، ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" އަލިމަސް ކާނިވަލުގައި މިރޭ ހުޅުވައިފިއެވެ. 

ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސްޕޯޓަރުން ބައިވެރިވި އެ ރަސްމިޔާތުގައި ޕީޕީއެމްގެ  "ދިވެހީންގެ ޖަގަހަ" ހުޅުއްވައިދެއްވީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުހައްމަދު މުޢިއްޒުއެވެ. 

ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" ހުޅުވުމަށް ބޭއްވި ޖަލްސާއަށް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެފައި

މި ޖަލްސާގައި ޕީޕީއެމްއާއި ގިނަ އަދަދެއްގެ މެމްބަރުން ވަނީ ގުޅިފައެވެ. 

މީގެ އިތުުރުންވެސް މި ރަސްމިޔާތުގައި ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ "ދިވެހީންގެ ރިޔާސީ ކެންޑިޑޭޓްގެ ބަސް" ލަވަވެސް އިފްތިތާޙް ކޮށްފައެވެ. މި ލަވައިގެ ޅެން ހައްދަވައިފައިވަނީ ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި، އަބްދުއް ރަޙީމް އަބްދުاللهއެވެ. ލަވައިގެ ރާގު ހައްދަވައި ލަވަ ކިޔައިފައިވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ކުޑަ އިއްބެއެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނިކުންނަވާ ކެމްޕޭން މިހާރު ވަނީ ފަށައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.