މިރޭގެ ޖަލްސާގައި އާދަމް ޝަރީފް އުމަރު ވާހަކަފުޅު ދައްކަވަނީ
ހަބަރު
10 Aug 2023 | 22:51
ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދޭން ބޭނުންނަމަ، ޢިލްމު ހުރި ވެރިއަކު ޢައްޔަން ކުރަންޖެހޭ: އާދަމް ޝަރީފް

ރާއްޖޭގެ ދަރިންނަށް ތައުލީމު ދޭން ބޭނުންނަމަ، ޢިލްމު ހުރި ޢިލްމުވެރި ވެރިއަކު ރާއްޖޭގެ ވެރިކަމަށް އައްޔަނު ކުރަން ޖެހޭ ކަމުގައި ޕީއެންސީގެ ނައިބް ރައީސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

އޭނާ މިފަދައިން ވިދާޅުވީ، ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" އަލިމަސް ކާނިވަލުގައި ހުޅުވުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އާދަމް ޝަރީފްގެ ވާހަކަފުޅުގައި ވަނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެނޑިޑޭޓެއް ދިވެހިންނަށް ފެންނަން އެބަ ތިބި ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން އެންމެ ޢިލްމީ ޤާބިލް ބޭފުޅަކީ ޑރ މުހައްމަދު މުއިއްޒުކަމުގައި ވިދާޅުވެފައެވެ. އަދި އެ ބޭފުޅުންގެ ތެރެއިން ހަމައެކަނި ޕީއެޗްޑީ ހޯލްޑަރަކީވެސް ޑރ މުހައްމަދު މުޢިއްޒު ކަމުގައި ވިދާޅުވެފައެވެ.

ރާއްޖޭގެ ދަރިންނަށް ތައުލީމު ދޭން ބޭނުންނަމަ، ޢިލްމު ހުރި ޢިލްމުވެރި ވެރިއަކު ރާއްޖޭގެ ވެރިކަމަށް އައްޔަނު ކުރަން ޖެހޭ، އެ ބޭފުޅަކީ ޑރ މުހައްމަދު މުއިއްޒު

އާދަމް ޝަރީފް ޢުމަރު 

އާދަމް ޝަރީފް ވިދާޅުވީ މިހާރު ރާއްޖޭގައި ހިނގަމުން މިދާ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފެންނަމުން މިދަނީ ކަޅުކަމާއި އަނދިރިކަން ކަމުގައެވެ. 

އެގޮތުން އެމްޑީއެން އިން އިސްލާމްދީނާއި ދެކޮޅަށް ރިޕޯޓު ނެރުމާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ކަމާއި އެފަރާތްތަކަށް އެކި އެކި މަގާމްތައް މި ސަރުކާރުން ދިން ކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީނުގެވެސް ފުރަތަމަ ސިޔާސަތު ކަމުގައިވާ އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގެ މަސައްކަތް ޑރ މުއިއްޒު ކުރައްވާނެ ކަމާމެދު ޝައްކެތް ނުކުރައްވާކަމުގައެވެ. 

ސިޔާސީ ހައްޔަރެއްގައި ރައީސް ޔާމީނު ބަހައްޓަވާކަމަށް ތުހުމަތު ކުރައްވައި އެމަނިކުފާނު ދޫކޮށްލެއްވުމަށް ގޮވާލައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ ޕާޓީގެ މިރޭގެ ޖަލްސާއަށް ގިނަ އަދަދެއްގެ ޒުވާނުން ހާޒިރުވެ ތިބިކަމުން ސާބިތު ކޮށްދެނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވެރިކަމެއްގައި ޒުވާނުންނަށް އިސްކަމެއްދޭނެ ކަމަށާއި ސަރުކާރު ހިންގުމުގައި ޒުވާނުންގެ ހިއްސާ ބޮޑުވާނެ ކަމުގައެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީ ހިމެނޭ ކޯލިޝަނުން ވާދަކުރައްވަނީ، މާލޭ ސިޓީގެ މޭޔަރުކަންވެސް މިހާރު ކުރައްވަމުން ގެންދަވާ ޑރ މުހައްމަދު މުޢިއްޒުއެވެ. 

މިހާރު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރާއި އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.