މިރޭގެ ޖަލްސާގައި ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ހަބަރު
10 Aug 2023 | 22:53
ވަޒީފާއެއް ނެތް ރައްޔިތަކު ނެތް މިންވަރަށް ވަޒީފާތައް ގާއިމްކޮށްދޭނަން : ޑރ މުއިއްޒު

އެބޭފުޅާގެ ވެރިކަމެއްގައި ރައީސް ޔާމީނު ދަސްކޮށްދެއްވި ފިލާވަޅުގެ ދަށުން ވަޒީފާނެތް ރައްޔިތަކު ނެތް މިންވަރަށް، ޒުވާނުންނާއި އެކި އުމުރުގެ ރައްޔިތުންނަށް ވަޒީފާ ފޯރުކޮށްދޭނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ. 

ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" ޖަލްސާ އަލިމަސް ކާނިވަލުގައި ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުން އެ މަނިކުފާނަށް އިތުބާރު ކުރެއްވުމަށާއި، ނަތީޖާ ނެރުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރުން، ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްކުކުރުމުގެ ފުރުސަތު އެ ބޭފުޅާއަށް ދެއްވުމަށެވެ. 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ޒުވާނުންނަނީ ގައުމުގެ މުސްތަޤްބަލުކަމަށާއި، އެހެންކަމުން މި ފަހަރު އެ މަނިކުފާނުގެ ރަނިންގްމޭޓެއްގެ ގޮތުގައި ހުންނެވި ހަސަން މުހައްމަދު ލަތީފް ރައީސް ޔާމީން ކަނޑައޭޅުއްވީ އެ ބޭފުޅާއަކި ޢިލްމީ އަދި ގާބިލް ބޭފުޅެއްކަން އެނގިވަޑައިގެން ކަމަށެވެ. 

މީގެ އިތުރުންވެސް މުއިއްޒުގެ ވާހަކަ ފުޅުގައި ވިދާޅުވީ ގެދޮރުވެރިކަމަކީ އެންމެ އަސާސި އެންމެ ހައްގުކަމަށެވެ. އެޔާއެކު މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ދުކުރަމުން ގެންދާ ގިނަ ފްލެޓްތަކަކީ ވުޖޫދުގައި ނެތް ފްލެޓްތަކެއް ކަމުގައެވެ. 

އަދި ކޮންމެ ސަރުކާރަކުން ނަމަވެސް ދިވެހި ރައްޔިތުންނަށް އުންމީދެއް ދެވިފައިކަމަށާއި، އެ ބޭފުޅާ ދެކިވަޑައިގަންނަވާ ގޮތުގައި އެ ހައްގުން އެއްވެސް މީހަކު މަހުރޫމް ވެގެން ނުވާނެކަމުގައި މުއިއްޒުވަނީ ވިދާޅުވެފައެވެ. 

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅީފަޅާއި، ގިރާވަރު ފަޅާއި، ފުށިދިއްގަރު ފަޅާ މިއި މި ސަރަހައްދުގައި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގެދޮރުވެރިކަމަށް ހައްލު ގެނެސްދޭ ތަންތަނަށް ވާނެ

ޑރ މުއިއްޒު ވިދާޅުވިއެވެ. 

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ، އެ ބޭފުޅުން ވަކި ޖަލްސާއަކުން ގެދޮރުވެރިކަމާއި ބެހޭ މައުލޫމާތު ދެއްވާނެކަމަށާއި އެ ޖަލްސާއިން ގޯތިތަކުގެ އަކަ ފޫޓަށް ދަންދެން ތަފްސީލު ހާމަކުރައްވާނެކަމުގައެވެ. 

މީގެ އިތުރުން ޑރ މުއިއްޒުވަނީ، އެ ބޭފުޅުންގެ ވެރިކަމުގައި ހުރިހާ ރައްޔިތުންގެ ގެދޮރުވެރިމުގެ މައްސަލައަށް އެއްކޮށް ހައްލެއް ހޯދަވައިދެއްވާނެކަމުގައެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނިކުންނަވާ ކެމްޕޭން މިހާރު ވަނީ ފަށައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.